ކ. މާލެ
|
20 އޯގަސްޓް 2024 | އަންގާރަ 11:19
އެތުލެޓިކޯ އާއި ވިޔަރެއާލް ކުޅުނު މެޗުގެ ތެރެއިން
އެތުލެޓިކޯ އާއި ވިޔަރެއާލް ކުޅުނު މެޗުގެ ތެރެއިން
ގޯލް.ކޮމް
ސްޕެނިޝް ލީގު
ވިޔަރެއާލް ކައިރިން އެތުލެޓިކޯ ސަލާމަތްވީ ފަހު ވަގުތު
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެލެކްސެންޑާ ސޯލޮތު އެވެ.

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި ވިޔަރެއާލްއާ ވާދަކޮށް ފަހު ވަގުތު ސަލާމަތްވެއްޖެ އެވެ.

ވިޔަރެއާލްގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވިޔަރެއާލް އިންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިިދިނީ އާނައުޓް ޑަންޖުމާ އެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން އެތުލެޓިކޯ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މާކޮސް ލޮރެންޓޭ އެވެ.

ފުރަތަމަ ހާފުގައި ދެ ވަނަ ފަހަރަށް ވިޔަރެއާލް އަށް ލީޑު ލިބުނީ އެތުލެޓިކޯގެ ކޯކޭ އަތުން މެޗުގެ 37 ވަނަ މިނެޓުގައި ބައި ކޮޅަށް ވަތް ލަނޑުންނެވެ. އެ ނަތީޖާ ގައި އޮވެ މެޗު ނިމެން ދަނިކޮށް، އެތުލެޓިކޯ ސަލާމަތްވީ ފަހު ވަގުތު ޖެހި ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެލެކްސެންޑާ ސޯލޮތު އެވެ.

ލީގުގައި އެތުލެޓިކޯގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ޖިރޯނާއާ ދެކޮޅަށެވެ.

- ކޮމެންޓް