ކ. މާލެ
|
20 އޯގަސްޓް 2024 | އަންގާރަ 11:18
މެޗުގައި ލަނޑު ޖެހުމަށްފަހު ޓޮޓެންހަމުން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޓޮޓެންހަމުން އުފާ ފާޅު ކުރަނީ
ގޯލް.ކޮމް
އިނގިރޭސި ޕްރިމިއާ ލީގު
ފުރަތަމަ މެޗުގައި ޓޮޓެންހަމް އެއްވަރު
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޓޮޓެންހަމުންނެވެ.

އައު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމުން ކުޅުނު ފުރަތަމަ މެޗުގައި ލެއިސްޓަރ ސިޓީއާ އެއްވަރުވެއްޖެ އެވެ.

ލެއިސްޓަރ ސިޓީގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޓޮޓެންހަމުންނެވެ. ނަމަވެސް ލެއިސްޓަރ ސިޓީން ވަނީ ދެ ވަނަ ހާފުގައި ލަނޑު ޖަަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ނަގައިދިނީ ޑިފެންޑަރު ޕެޑްރޯ ޕޮރޯ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޖޭމްސް މެޑިސަން އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ލެއިސްޓަރ ސިޓީން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަބްދުލް ފަތަވޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖެމީ ވާޑީ އެވެ.

ފުރަތަމަ މެޗުގައި ޓޮޓެންހަމް އެއްވަރުވެފައިވާއިރު، އެ ޓީމުގެ ދެ ވަނަ މެޗުގައި އެވަޓަންއާ ދެކޮޅަށް ނިކުންނާނީ އަމިއްލަ ދަނޑުގަ އެވެ.

- ކޮމެންޓް