Advertisement
ކ. މާލެ
|
16 އޯގަސްޓް 2024 | ހުކުރު 16:57
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ރާއްޖެއެމްވީ
ހުޅުމާލޭގައި ވަގުފް އިމާރާތެއް ބިނާކުރުން
ހުޅުމާލޭގައި ބިނާކުރާ ވަގުފް އިމާރާތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި
ޕްރީބިޑް މީޓިން 24 އޮގަސްޓް 2024 ވާ ހޯމަ ދުވަހު 11:00 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެ
ބީލަމުގައި ބައިވެރިވުމަށް 26 އޮގަސްޓް ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރަންޖެހޭ
ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 8 ސެޕްޓެންބަރު 2024 ވާ އާދިއްތަ ދުވަހު 11:00 ގައި

ހުޅުމާލޭގައި ބިނާކުރާ ވަގުފް އިމާރާތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ވަގުފުތައް އިތުރުކުރުމުގެ މަގުސަދުގައި ހުޅުމާލެ ފޭސް 1 ގައި "ދާރުއް ސަލާމް" ގެ ނަމުގައި 12 ފަންގިފިލާގެ އޮފީސް އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފިނޭންސްގެ އުސޫލުން ކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ މައުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ޕްރީބިޑް މީޓިން 24 އޮގަސްޓް 2024 ވާ ހޯމަ ދުވަހު 11:00 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ ބިޑަށް ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކަށް، ޕްރީބިޑް މީޓިންއަށް ފަހު މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށެވެ. އަދި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 26 އޮގަސްޓް ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިންލިންކުމެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެދިފައިވެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 8 ސެޕްޓެންބަރު 2024 ވާ އާދިއްތަ ދުވަހު 11:00 ގައި ކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 1 ސެޕްޓެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 16:00 ކުރިން [email protected]  އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް