ކ. މާލެ
|
16 އޯގަސްޓް 2024 | ހުކުރު 13:04
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ
ރާއްޖެއެމްވީ
ޓުއަރިޒަމް ޤާނޫނަށް އިސްލާހުގެނައުން
ޓުއަރިޒަމް ޤާނޫނަށް އިސްލާހުގެނައުމުގެ ބިލަކީ 'އައި ނީޑް ސަމް ކޭޝް ބިލެއް' – ދީދީ
ވިޔަފާރިތައް ޖީލުތަކަށް ޓްރާންސްފަރ ވުމުގެ ފުރުސަތުވެސް މިހާރު ގެނައި އިސްލާހުން ބުރޫ އަރާކަމަށް ދީދީ ވިދާޅުވި
މި ބިލަކީ ސަރުކާރަށް ބޭނުންވާ ފައިސާ ކޮޅެއް ކުރު މުއްދަތެއްގެ ތެރޭގައި ހޯދުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ

ޓުއަރިޒަމް ޤާނޫނަށް އިސްލާހުގެނައުމުގެ ބިލަކީ 'އައި ނީޑް ސަމް ކޭޝް ބިލެއް' ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވަނީ މިއީ ޑިސްކައުންޓް ބިލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މި ބިލަކީ ސަރުކާރަށް ބޭނުންވާ ފައިސާ ކޮޅެއް ކުރު މުއްދަތެއްގެ ތެރޭގައި ހޯދުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ މިއީ ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ހިމެނޭ ބިލެއް ނޫން ކަމަށް ވިދާޅުވެފައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި އަރލީ ބަރޑް އޮފާ، ނުވަތަ ކުރިން ބުކިން ހެދުމުން އަގު ހެޔޮކޮށް ރޫމް ލިބޭ އޮފަރ އަޅުވާ ކަމަށާއި މި ބިލުގެ މަސައްކަތް ވެސް ފެނުނީ އެފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ސަރުކާރަށް ބޭނުންވާ ކޭޝްފްލޯ ހޯދަން މަސައްކަތް ކުރި މަންޒަރު ފެނުނު ކަމަށާއި ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ވަރަށް ބޮޑަށް އަވަސް އަރުވާލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މުޅި ސިނާއަތަށް ފައިދާ ވާނެ ކަމަށް ސިފަކޮށްދޭން މަސައްކަތް ކުރި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސާ ލިބޭނެ ގޮތެއް ބަލާ އެމަގަށް ބިލު ހުށަހެޅީ. ބިލް ހުށަހަޅަމުން ދެއްކި ވާހައިގައި ހުރީ އޮޅުވާލުމާ ދޮގުހެދުން ހުރީ. ބިލު ފާސްކޮށްފިއްޔާ ސިނާއަތަށް އިންގިލާބެއް އަންނާނެ ވާހަކަ އާއި އިންވެސްޓަރ ކޮންފިޑެންސް ލިބޭނެ ވާހަކަ. އެހެނެއް ނޫން އެކަން އޮތީ. ބިލުގެ ޗާންސް ލިބެނީ ވެސް އެލްރެެޑީ އެގްސިސްޓިން މީހުންނަށް. އާއިންވެސްޓްމެންޓެއް ނާދޭ. ބިލުގެ ސަބަބުން ކޮމްޕެޓިޝަން ނައްތާލަން ވެސް ފުރުސަތު އެބަ ލިބޭ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

މިއީ ވަކި ބަޔަކަށް މަންފާވާ ގޮތަށް އޮތް ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީން މި ބިލް ފާސްކުރުމަށް ވޯޓު ދިނީ ކޭޝްފްލޯ ނުލިބިގެން އާއްމުންނަށް ދަތިވާން ބޭނުން ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. މުސާރަ ނުދެވޭ ހާލަތުގައި ސަރުކާރު އޮތް ކަަމަށް ބުނާ އިރު ސަރުކާރު ފެއިލްވުމަކީ އެއީ އެމްޑީޕީން ބޭނުންވާ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވާ ރިސޯޓް އޯނަރުންނަށް މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ފައިދާ ވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. ވިޔަފާރިތައް ޖީލުތަކަށް ޓްރާންސްފަރ ވުމުގެ ފުރުސަތުވެސް މިހާރު ގެނައި އިސްލާހުން ބުރު އަރާކަމަށް ދީދީ ވިދާޅުވިއެވެ.

މިއީ ދުރުރާސްތާއަށް ބަލާ އިރު ގެއްލުން ހުރި ކަމެއް ކަމަށް ދީދީ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ރިސޯޓު ހިންގަން ދޫކޮށްފައިވާ ރަށްތަކާއި ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު އިތުރުކުރާނަމަ، ފައިސާ ދައްކަންޖެހޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުރުކުރަން ހުށަހެޅި އިސްލާހު މުޅި މަޖިލިސް ކޮމިޓީން ފާސްކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

- ކޮމެންޓް