Advertisement
ކ. މާލެ
|
16 އޯގަސްޓް 2024 | ހުކުރު 13:28
ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި ފަސްޓްލޭޑީ ބައްދަލުކުރެއްވުން
ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި ފަސްޓްލޭޑީ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ގާލްގައިޑް ހަރަކާތް
ގާރލްގައިޑް ހަރަކާތުގައި ބައިވެރިވުމަކީ ސަގާފީ ސިންދަފާތުތަކަށް ހޭލުންތެރިކުރުވާނެ، ގައުމީ ހަޔާތަށް ބޭނުންވާ ހުނަރުތައް ދަސްވާނެ ކަމެއް - ފަސްޓްލޭޑީ
ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާރލްގައިޑުންނާ، 32 އެޑަލްޓް ލީޑަރުން ބައިވެރިވޭ
މައިންބަފައިންނާއި ޤައުމު އުންމީދުކުރާ ފަދަ ޚިދުމަތްތެރި ބަޔަކަށް ވުމަށް ވެސް ސާޖިދާ ވަނީ ގޮވާލައްވާފަ

ގާރލްގައިޑް ހަރަކާތުގައި ބައިވެރިވުމަކީ ސަގާފީ ސިންދަފާތުތަކަށް ހޭލުންތެރިކުރުވާނެ، ގައުމީ ހަޔާތަށް ބޭނުންވާ ހުނަރުތައް ދަސްވާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާއި ބައްދަލުކުރެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ ސަލާޙުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާގެ ވާހަކަފުޅުގައި ގަރލްގައިޑް ޙަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ ޢާއިލާތަކާއި މުޖުތަމަޢަށް އަދި މުޅި ޤައުމަށްވެސް ކުރާނެކަން ފާހަގަކުރެއްވިއެވެ.

ސަލާޙުއްދީން ސްކޫލް އެ ބޭފުޅަކަށް ނިސްބަތްވާ ފަޟީލަތުއް ޝައިހު ހުސެއިން ސަލާހުއްދީން އަށް އެ ކަމަނާ ވަނީ އަލިއަޅުވާލައްވާފައެެވެ. އެ މަނިކުފާނަކީ އަންހެނުންގެ ތައުލީމަށް އެންމެ ފުރަތަމަ އަލިއަޅުވާލެއްވި އެއް ބޭފުޅާ ކަމަށާއި އެ މަނިކުފާނު ލިޔުއްވާފައިވާ ނުއުމާން ވަމަރިޔަމް އިން އެކަން އެނގޭ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އެ ވާހަކައިގައި އަންހެން ދަރިންނަށް ހުނަރާއި، ތައުލީމް އުނގެނުމުގެ ވާހަކަގެންނަވާފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ. ގާލްގަައިޑަކީ އެ މަޤްސަދު ހާސިލްކުރުމުގައި މުހިންމު ހަރަކާތެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެއީ ޒަމާނީ ހަމަހަމަކަމާއި ބައިނަލްއަޤުވާމީ ގުޅުންތަކަށް ލޯ ހުޅުވުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ. ގާލްގަައިޑްގައި ބައިވެރިވުމަކީ ކުރިމަގުގައި އިޖުތިމާއީ ހަޔާތަށާއި އާއިލީ ހަޔާތަށް ފައިދާތަކެއް ލިބޭ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

Advertisement

އެކަމަނާގެ ވާހަކައިގައި ހުރިހާ ދަރިވަރުން ވެސް ތިމަންނާއަކީ ދިވެއްސެއްކަން އަދި މުސްލިމެއްކަން ހަނދާން ބެހެއްޓުމަށް ސާޖިދާ ވަނީ ގޮވާލައްވާފައެވެ. މައިންބަފައިންނާއި ޤައުމު އުންމީދުކުރާ ފަދަ ޚިދުމަތްތެރި ބަޔަކަށް ވުމަށް ވެސް ސާޖިދާ ވަނީ ގޮވާލައްވާފައެވެ. އުޖޫރައެއް ނެތި މަސައްކަތް ކުރަމުންދާ އެޑަލްޓް ލީޑަރުންނަށް އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން މި ކޭމްޕަކީ އެކި ޤައުމުތަކުން ބައިވެރިވާ ބައިނަލްއަޤްވާމީ ހަރަކާތެއްކަން ފާހަގަކުރައްވައި މި ކޭމްޕްގެ ތެރެއިން ޤައުމު ފުރިހަމައަށް ތަމްޞީލުކޮށްދީ އަދި އެ ދަރިވަރުންނަކީ މުސްލިމުންކަމާއި ފަޚުރުވެރި ދިވެހި ދަރީންކަން ކުރާ ހުރިހާކަމެއްގައި ސާބިތުކޮށްދެއްވުމަށް ކޭމްޕްގެ ބައިވެރިންގެ ކިބައިން އެކަމަނާ އެދިވަޑައިގެންނެވިއެވެ.

ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާރލްގައިޑުންނާ، 32 އެޑަލްޓް ލީޑަރުން ބައިވެރިވެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ޤައުމީ ދިދަ ހަވާލުކޮށްދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް