ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 02:49
އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް ހުޅުވުނު ކްލަބު ޕްރިމިއާ ލައުންޖު
އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް ހުޅުވުނު ކްލަބު ޕްރިމިއާ ލައުންޖު
ޓްވިޓަރ
އުރީދޫ
އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!
ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 10:00އަށް ހިދުމަތް ލިބޭ
މި އަރަމް ލައުންޖްގައި ޅިދުމަތް ދެމުންދާ ވަގުތު ކޮފީވެސް ލިބެން ހުރޭ

އުރީދޫގެ ކްލަބުގެ ޕްރިމިއާ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް "ކްލަބު ޕްރިމިއާ ލައުންޖު"ގެ ނަމުގައި  ހާއްސަ ލައުންޖެއް ހުޅުވައިފިއެވެ.

ބޮޑުތަކުރުފާނު މަގު ހ. މާދޫގައި އާދިއްތަ ދުވަހުގެރޭ ހުޅުވިގެންދިޔަ މި ލައުންޖް ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 10:00އަށް ހިދުމަތް ލިބޭނެކަމަށް އުރީދޫން މައުލޫމާތުދެއެވެ.

މި ލައުންޖު ހުޅުވައި ދެއްވީ ލިލީ އިންޓާނެޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު، އާމިރު މަންސޫރެވެ.

އުރީދޫއިން ކްލަބް ޕްރިމިއާ ޕްރޮގްރާމް ތައާރަފު ކުރިތާ ދެ އަހަރު ވެފައިވާއިރު، އުރީދޫއިން ގެންދަނީ އެ ހިދުމަތް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ހުޅުވި ލައުންޖަކީ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހުޅުވި ފުރަތަމަ ލައުންޖެވެ. ލައުންޖަށް ހިދުމަތް ހޯދަންދާ މީހުންނަށް ފަސޭހަ ލުއި ގޮތްތަކެއް އުރީދޫއިން ވަނީ ހަމަޖައްސާފައެވެ. އެ ލައުންޖަށްދާ ކަސްޓަމަރުން ކޮފީއަށް އިންސާފު ކުރަމުންދާ ވަގުތު ހިދުމަތް ދިނުމަށް އުރީދޫގެ މުވައްޒަފުންދާނީ އެ މީހުންގެ ކަައިރިއަށެވެ.

އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ހިދުމަތްތަށް މި ލައުންޖުން ލިބުމުގެ އިތުރުން ސްމާޓް އެކްސެސް މެދުވެރިކޮށް މެންބާޝިޕް ކާޑު ބޭނުންކޮށްގެން ކްލަބް ޕްރިމިއާ ލައުންޖަށް ވަދެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ. ލައުންޖްގައި ޑިޖިޓަލް ފޯމްތަށް މެދުވެރިކޮށް، އުރީދޫގެ ކޮންމެ ހިދުމަތެއް ވެސް ފަސޭހަކަމާއެކު ހިޔާރު ކުރެވޭނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް