Advertisement
ކ. މާލެ
|
15 އޯގަސްޓް 2024 | ބުރާސްފަތި 19:32
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
މަޖިލިސް
ފަތުރުވެރިކަމުގެ ސިނާއަތް
50 އަށް ވުރެ ގިނަ އަހަރު ވެގެން ދިޔަ އިރު ފަތުުރުވެރިކަމުގެ ފައިދާ ވަމުންދަނީ ރިސޯޓް ހިންގާ ފަރާތްތަކަށް، ދިވެހިންނަކަށް ނޫން - މައުރޫފް
ޓުއަރިޒަމް ބިލުގެ މަސައްކަތް ނިންމާލީ އަވަސް އަރުވާލައިގެން
ޓުއަރިޒަމް ދާއިރާ އިން ލިބޭ އާމްދަނީ ދިވެހިންނަށް ލިބޭ ގޮތަށް ހަދަން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވި

50 އަށް ވުރެ ގިނަ އަހަރު ވެގެން ދިޔަ އިރު ފަތުުރުވެރިކަމުގެ ފައިދާ ވަމުންދަނީ ރިސޯޓް ހިންގާ ފަރާތްތަކަށް ކަމަށާއި އެކަން ބަދަލުކުރަން ޖެހޭ ކަމަށް ކެންދޫ ދާއިރާފެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް ދާއިރާ އަކީ ރާއްޖޭގެ ލޭނާރުކަމަށް ވާއިރު ދިވެހިންނަށް ފައިދާ ލިބޭ ސިނާއަތަކަށް އެ ސިނާއަތު ބަދަލުކުރަން ޖެހޭ ކަމަށް މައުރޫފް ވިދާޅުވިއެވެ. 50 އަހަރުވަންދެން މި ސިނާއަތް ހިންގީ އެ ސިނާއަތުގައި އިސްކޮށް ތިބި މީހުންނަށްޓަކާ ކަމަށާއި ކުރިއަށް އޮތް 50 އަހަރު އެކަން ހިނގާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޓުއަރިޒަމްގައި އިންވެސްޓް ކުރި މީހުންނަށް އެތައް ފައިދާ އެއް ވާ ކަމަށާއި ބައެއް މީހުންގެ 10، 12 ވަރަކަށް ރިސޯޓް އޮތް ކަަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް 15 އަހަރުވަންދެން ޓުއަރިޒަމް ސިނާއަތުގައި މަަސައްކަތް ކުރާ މީހަކަށް 3 ކޮޓަރީގެ އެޕާޓްމެންޓެއް ވެސް ނޭޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރަށް ވުރެ ރަނގަޅު ބަދަލުތަކެއް ޓެކްސްގެ ނިޒާމަށް ގެންނަން ޖެހޭ ކަމަށާއި ޕްރޮގްރެސިވް ޓެކްސް އެއް ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ޓުއަރިޒަމް ދާއިރާ އިން ލިބޭ އާމްދަނީ ދިވެހިންނަށް ލިބޭ ގޮތަށް ހަދަން ޖެހޭ ކަމަށާއި، ބިދޭސީން އެ ސިނާއަތުގައި ގިނަ ވުމަކީވެސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ބުރާސްފަތި ދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވެސް ވަނީ އެ ދާއިރާގެ ކަންކަން ކުރިއަށް ދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވަނީ އެ ދާއިރާގައި އިސްކޮށް ތިބި ބައެއް މީހުން ސިޔާސީ ގޮތުން މަންފާ ހޯދަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭރެއްގައި އޮންނަ ސަރުކާރަކަށް ސަނާ ކިޔައިގެން ފައިދާ ހޯދާ މީހުން ތިބިކަމަށް އަމީން ވިދާޅުވިއެވެ. އެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނާއި މެދު ގެންގުޅޭ ތަފާތުކުރުންތަކުގެ ވާހަކަ ނުދެއްކެވުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވެފައެވެ. މީގެ އިތުރުން ޓުއަރިޒަމް ބޮއިކޮޓްކުރަނީ އެމްޑީޕީން ކަމަށް ބުނާ އިރު މި ސަރުކާރުގެ ނައިބު ވަޒީރުންގެ ސަބަބުން އިންޑިއާ މާކެޓް ފުނޑިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ރިސޯޓު ހިންގަން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ފައިސާ ދައްކަން ލިބޭ މުއްދަތު ކުޑަކުރަން ޓޫރިޒަމް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލުގެ މަސައްކަތް ނިންމާލީ އަވަސް އަރުވާލައިގެންނެވެ.

Advertisement

Advertisement
- ކޮމެންޓް