ކ. މާލެ
|
15 އޯގަސްޓް 2024 | ބުރާސްފަތި 18:23
ރޮސްމެކްސް ފަރމަސީ
ރޮސްމެކްސް ފަރމަސީ
ރާއްޖެއެމްވީ
ނޯވާ ފާމަސިއުޓިކަލްސް
ގިނަ ޚިދުމަތްތަކާއި އެކު ރޮސްމެސްކް ފާމަސީ ވިނަރެސް 8ގައި ހުޅުވައިފި
ރޮސްމެކްސް ފަރމަސީގެ ބޭނުމަކީ ފަސޭހައިން ބަލި މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ފާމަސީގެ ފާމަސިއުޓީކަލް މެނޭޖަރ އާދަމް ހުސައިން ވަނީ ވިދާޅުވެފައެވެ.

ގިނަ ޚިދުމަތްތަކާއި އެކު ރޮސްމެސްކް ފާމަސީ ވިނަރެސް 8ގައި ހުޅުވައިފިއެވެ.

ނޯވާ ފާމަސިއުޓިކަލްސް ޕްރައިވެޓް ލިމިޓެޑްގެ އާ ރޮސްމެކްސް ފާމަސީ ހުޅުމާލެ ފޭސް 2ގައި ހުޅުވާފައި ވަނީ ބުރާސްފަތި ދުވަހުއެވެ. އެ ފާމަސީ ހުޅުވާފައި ވަނީ ވިނަރެސް 8ގައެވެ. ރޮސްމެކްސް ފަރމަސީ އަކީ ސްވިޒަލޭންޑްގެ ރޮސްމެކްސް ބްރޭންޑްގެ ޕްރޮޑަކްޓްތަކަށް ފޯކަސްކޮށްގެން ރޮސްމެކްސް ބްރޭންޑްގެ ނަމުން ބްރޭންޑްކޮށް ހުޅުވި ފަރމަސީ އެކެވެ.

ރޮސްމެކްސް ބްރޭންޑަކީ ސްވިޒަރލޭންޑްގެ ޒަމާންވީ މެޑިކަލް އިކުވިޕްމެންޓް ބްރޭންޑަކަށް ވުމާއި އެކު ރޮސްމެކްސްގެ އެންމެހާ ޕްރޮޑަކްޓްތަކަކީ ޔޫރަޕިއަން ސްޓޭންޑަރޑަށް ފެތޭ ޕްރޮޑަކްޓްތައް ކަމަށް އެ ފަރމަސީން ވަނީ ބުނެފައެވެ.

ރޮސްމެކްސް ފަރމަސީގެ ބޭނުމަކީ ފަސޭހައިން ބަލި މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ފާމަސީގެ ފާމަސިއުޓީކަލް މެނޭޖަރ އާދަމް ހުސައިން ވަނީ ވިދާޅުވެފައެވެ.

ރޮސްމެކްސްގެ ގިނަ ޕްރޮޑަކްޓްތައް ލިބެން ހުންނަ މި ފަރމަސީ އިން ބްލަޑް ޕްރެޝަރ މޮނިޓަރ، ނިބިއުލައިޒަރ، ޕްލަސް އޮކްސިމީޓަރ، ކްލޫކޯމީޓަރ، ބޮޑީ ފެޓް މޮނިޓަރ ފަދަ ޕްރޮޑަކްޓްތައް ލިބެން ހުންނާނެއެވެ. އެއީ ގޭގައި ތިބެގެން އަމިއްލަ އަށް ހަށިގަނޑުގެ އެކި ކަންކަން ހުރި މިންވަރު ބަލާލެވޭ ޕްރޮޑަކްޓްތަކަށް ވާއިރު މިއީ ޤަވާއިދުން ބަލަން ޖެހޭ ސިއްހީ ކަންކަން ބެލުމަށް އެހީތެރިވެދޭ ޕްރޮޑަކްޓްތަކެކެވެ.

މީގެ އިތުން ކްލިނިކްތަކަށް ބޭނުންވާ ތަރމޯމޯޓަރ، ސްޓެތަސްކޯޕް، ސަކްޝަން މެޝިން ފަދަ ރޮސްމެކްސް މެޑިކަލް އާލާތްތައް ވެސް އެތަނުން ލިބެން ހުންނާނެ އެވެ. އަދި އާއްމު ބަލިތަކަށް ބޭނުންވާ ބޭސްތަައްވެސް މި ފަރމަސީން ލިބޭނެއެވެ.

ރޮސްމެކްސް ފަރމަސީ އަށް ވަޑައިގަންނަވާ ބެފުޅުންނަށް އިތުރު ޚިދުމަތްތައް ލިބިގެންދާ އިރު އޭގެ ތެރޭގައި ރޮސްމެކްސް ހެލްތް ސްޓޭޝަނުން ބްލަޑް ގުލްކޯސް، އޮކްސިޖެން ލެވެލް، ބްލަޑް ޕްރެޝަރ، ބޮޑީ ފެޓް ފަދަ މިންގަނޑުައް ބައްލަވާލެއްވޭނެއެވެ. ބޭހުގެ ޑެލިވަރީގެ ޚިދުމަތްވެސް ރޮސްމެކްސް ފާމަސީން ދަނީ ފޯރުކޮށްދެމުންނެވެ. 9747427 އަށް ވައިބަރކޮށްލުމުން ސީދާ ގެއަށް ނޫނީ އެޕާޓްމެންޓަށް ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް އެ ފަރމަސީން ފޯރުކޮށްދޭނެއެވެ. އެ ޚިދުމަތް ފޯރުކޮށްދެނީ ހުޅުމާލެ ފޭސް 2 އަދި ފޭސް 1 އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް