ކ. މާލެ
|
15 އޯގަސްޓް 2024 | ބުރާސްފަތި 18:20
ރަންފައުނުގެ ބައެއް މަންޒަރުތައް
ރަންފައުނުގެ ބައެއް މަންޒަރުތައް
ރާއްޖެއެމްވީ
ރަންފައުނުގެ ޕްރޮޑަކްޓްތައް
ސޮނީ ބްރޭންޑުގެ ރާއްޖޭގެ އޮތޮޒޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ރަންފައުނު ހަމަޖައްސައިފި
ރަންފައުނަކީ ރާއްޖޭގައި ފޮޓޯގްރަފީ އަދި ވީޑިއޯ ގްރަފީ އައިޓަމްސް ވިއްކަމުން އަންނަ ފަރާތެކެވެ.
ޚަބަރުގެ އޯޑިއޯ

ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ ސޮނީގެ އޮތޮޒޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ރަންފައުނު ހަމަޖައްސައިފިއެވެ.

އެކަމާއި ގުޅޭ ގޮތުން ރަންފައުނުން ބުނީ އެގޮތަށް ހަމަޖައްސާފައި ވަނީ ރަންފައުނާއި ކެމެރާއެލްކޭ އާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށެވެ.

އަދި އެ އެއްބަސްވުމުގެ ދަށުން މިހާރު ސޮނީ ބްރޭންޑް ރާއްޖޭގައި އޮފިޝަލީ ޑިސްޓްރިބިއުޓް ކުރާނީ ރަންފައުނުން ކަމަށް ވަނީ ބުނެފައެވެ.

ރަންފައުނަކީ ރާއްޖޭގައި ފޮޓޯގްރަފީ އަދި ވީޑިއޯ ގްރަފީ އައިޓަމްސް ވިއްކަމުން އަންނަ ފަރާތެކެވެ.

ރަންފައުނުން ސޮނީގެ އެންމެފަހުގެ މިރާލެސް ކެމެރާތަށް ލިބެން ހުންނާނެ ކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ސޮނީގެ ޕްރޮޑަކްޓްތައް ރަންފައުނު މެދުވެރިކޮށް ޕްރީ އޯޑަރ ވެސް ކުރެވޭނެއެވެ. ޕްރީ އޯޑަރކުރަން ބޭނުންވާ ފަރާތްތަކުން ވަޓްސްއެޕް މެދުވެރިކޮށް 7500003 މި ނަންބަރުން މުއާމަލާތުކުރެވޭނެ ކަމަށް ރަންފައުނުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ރަންފައުނުގެވެއެބްސައިޓާއި އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުން އަގުތަށް ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަންފައުނުން ބުނީ ދުނިޔޭގެ ބާޒާރުގައި ކެމެރާ ގަންނަން ލިބޭ އަގުގައި ރަންފައުނުން ވެސް ލިބެން ހުންނާނެ ކަމަށެވެ.

ރަންފައުނުން ގަންނަ ސޮނީ ކެމެރާތަކަށް ސޮނީގެ އޮފިޝަލް ވޮރެންޓީ ވެސް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

ސޮނީ ބްރޭންޑްގެ ކެމެރާ އަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލުވަމުން އަންނަ ކެމެރާތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް