ކ. މާލެ
|
15 އޯގަސްޓް 2024 | ބުރާސްފަތި 00:15
ޖިއޯޖީ މަމަޑާޝްވިލީ
ޖިއޯޖީ މަމަޑާޝްވިލީ
ޑެއިލީ މެއިލް
ލިވަޕޫލް
ލިވަޕޫލުން ޖޯޖިއާ ކީޕަރު ގަންނަނީ ކީއްކުރަން؟
ލިވަޕޫލްގެ މިހާރުގެ ސްޕޯޓިން ޑައިރެކްޓަރުންނާއި ކޯޗު އާނޭ ސްލޮޓް އެންމެ ބޭނުންވާ އެއް ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ސްޕޭނުގެ ވެލެންސިއާ އަށް ކުޅޭ ޖޯޖިއާގެ ގައުމީ ކީޕަރު ޖިއޯޖީ މަމަޑާޝްވީލީ ގަތުމަށް އިނގިރޭސިވިލާތުގެ ލިވަޕޫލުން މަސައްކަތް ފަށައިފި އެވެ.

ލިވަޕޫލްގެ މިހާރުގެ ސްޕޯޓިން ޑައިރެކްޓަރުންނާއި ކޯޗު އާނޭ ސްލޮޓް އެންމެ ބޭނުންވާ އެއް ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އުމުރުން 23 އަހަރުގެ ކީޕަރަކީ މިދިޔަ ޖުލައި މަހު ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅަށް ކުޅުނު ގޯލްކީޕަރެކެވެ.

އޭނާ ގަތުމަށް ލިވަޕޫލުން އޮތީ 50 މިލިއަން ޔޫރޯ ވެސް ދޭން ތައްޔާރަށެވެ. އަދި ވެލެންސިއާއާއެކު މިހާރު މަޝްވަރާތައް ވެސް ވަނީ ފަށައިފަ އެވެ. ލިވަޕޫލުން އައު ކީޕަރަކު ހޯދަން މަސައްކަތް ފަށާފައިވަނީ އެ ކުލަބުގައި މޮޅު ދެ ކީޕަރުން ތިއްބަ އެވެ. އެއީ ބްރެޒިލްގެ އެއްވަނަ ކީޕަރު އަލިސަން ބެކާ އާއި ޒުވާން ކީޕަރު ސްކޮޓްލޭންޑްގެ ކޮއިމިންހެން ކެލޭހާ އެވެ. ކެހޭލާ ވަނީ ހުސްވި ސީޒަނާއި އޭގެ ކުރީ ސީޒަނުގައި ވެސް އަލިސަން އަށް އަނިޔާވުމުން ކުޅެން ލިބުނު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ލިވަޕޫލުން މަމަޑާޝްވިލީ ގަންނަން ބޭނުންވަނީ ދެ ވަނަ ކީޕަރަކަށެވެ. އެއީ ކެލޭހާ ކުލަބު ދޫކޮށްލަން ވެސް ބޭނުންވާތީ އެވެ. ނަމަވެސް ކުރިއަށް އޮތް ސީޒަނުގައި އޭނާ ހުންނާނީ ލިވަޕޫލުގައި ކަމަށް މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. ސަބަބަކީ ކެލޭހާ ގަތުމަށް އެކަށީގެންވާ ޕްރޮޕޯސަލްއެއް އެއްވެސް ޓީމަކުން ހުށަހަޅާފައިނުވާތީ އެވެ.

ލިވަޕޫލުން ބޭނުންވަނީ މަމަޑާޝްވިލީ ގަތުމަށްފަހު ޕްރެމިއާ ލީގުގެ ކުލަބަކަށް ނުވަތަ ވެލެންސިއާ އަށް ލޯނު އުސޫލުން އޭނާ ދޫކޮށްލާށެވެ. އެނބުރި ގެންނަން ބޭނުންވަނީ ދެ ސީޒަނަށްފަހު އެވެ. އެއީ އަލިސަން ބެކާގެ ކޮންޓްރެކްޓް ހަމަވުމުންނެވެ. ލިވަޕޫލްގެ ސްޕޯޓިން ޑައިރެކްޓަރުން ކުރަން އުޅޭ ކަމަކީ މަމަޑާޝްވިލީ ބޮދު އެހެން ކުލަބަކަށް ދިޔަނުދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް