ކ. މާލެ
|
14 އޯގަސްޓް 2024 | ބުދަ 13:07
ޗެލްސީގެ އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ޕާމާ
ޗެލްސީގެ އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ޕާމާ
ޗެލްސީ
ޗެލްސީ
ޗެލްސީގެ އެއްބަސްވުން ޕާމާ އައު ކޮށްފި
ޗެލްސީ އާއެކު ޕާމާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2033 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ އެޓޭކިން މިޑްފީލްޑަރު ކޯލް ޕާމާ، އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. މެންޗެސްޓަރ ސިޓީގައި ހުރުމަށްފަހު ޕާމާ ޗެލްސީ އަށް ބަދަލުވީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުނުންނެވެ.

އެހެން ނަމަވެސް ޗެލްސީގައި ޕާމާ ދައްކަމުން އައި ކުޅުމުގެ ސަބަބުން، އެ ކުލަބުން އޮތީ އޭނާގެ އެއްބަސްވުން އައު ކުރަން ބޭނުންވެފަ އެވެ. ޗެލްސީގެ އައު އެއްބަސްވުމުގައި މިހާރު ޕާމާ ސޮއި ކޮށްފައިވާއިރު، އެއީ ނުވަ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން ޗެލްސީ އާއެކު ޕާމާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2033 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އައު އެއްބަސްވުމުގެ ދަށުން ޗެލްސީގައި ޕާމާ އަށް ބޮޑު މުސާރައެއް ވެސް ލިބޭނެ އެވެ. މިއީ ޕްރިމިއާ ލީގުގެ ކުޅުންތެރިޔަކަށް މިހާތަނަށް ކުލަބަކުން ދީފައިވާ އެންމެ ދިގު މުއްދަތުގެ އެއްބަސްވުމެވެ.

ޕާމާ ވަނީ މިދިޔަ ސީޒަންގައި ޗެލްސީ އަށް ކުޅެދިން 45 މެޗުގައި 25 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު 33 މެޗުގައި އޭނާ ވަނީ 22 ލަނޑު ޖަހައިފަ އެވެ. މިދިޔަ ސީޒަންގައި ޗެލްސީގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ ވެސް ޕާމާ އެވެ.

- ކޮމެންޓް