ކ. މާލެ
|
14 އޯގަސްޓް 2024 | ބުދަ 13:11
ފިނޭންސް މިނިސްޓަރ ޑރ.މުހައްމަދު ޝަފީގް
ފިނޭންސް މިނިސްޓަރ ޑރ.މުހައްމަދު ޝަފީގް
ރައްޔިތުންގެ މަޖިލިސް
ސަރުކާރުގެ ފައިނޭންސް މެނޭޖްކުރުން
ޖުލައިމަހުން ފެށިގެން ފައިސާ ނުދެއްކި ބިލްތައް ދަނީ ޖަމާވަމުން، ފިސްކަލް ސިޔާސަތު އިސްލާހުކުރަން ޖެހޭ - މިނިސްޓަރ
ފާއިތުވި އަހަރުތަކުގެ ބިލްތައް ދެއްކުމަށް މި އަހަރުގެ ކޭޝް ފްލޯއިން ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި
ދަރަނީގެ ދެމެހެއްޓެނެވިކަން އިޔާދަކުރުމަށް އިސްކަން ދެއްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ
ޚަބަރުގެ އޯޑިއޯ

މި އަހަރުގެ ޖުލައިމަހުން ފެށިގެން ފައިސާ ނުދެއްކި ބިލްތައް ދަނީ ޖަމާވަމުން ކަމަށާއި ފިސްކަލް ސިޔާސަތު އިސްލާހުކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރ ޑރ.މުހައްމަދު ޝަފީގް ވިދާޅުވެއްޖެެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުދަ ދުވަހު މާލިއްޔަތު ކޮމިޓީގައި ވާހަަަކަދައްކަވަމުންނެވެ.

އާމްދަނީ އާއި އަޅާ ބަލާއިރު ޚަރަދުގެ އޮނިގަނޑު ބޮޑުވެ، ދަރަނި ނަގައިގެން ފައިނޭންސް ކުރުމުގެ ސަބަބުން ޑެބްޓް ފައިނޭންސް ކުރުމުގައި މިހާރު ދަތިތައް ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2014އިން 2018 އަށް އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދެއްކުމުގެ އިންޓްރެސްޓަށް ކުރާ ޚަރަދު 15%ގައި ހުރި ކަމަށާއި 2019އިން 2023 އަށް އެ އަަދަދު 21% އަށް އަރާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު އެ އަދަދު 28% އަށް އަރާފައިވާ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފާއިތުވި އަހަރުތަކުގެ ބިލްތައް ދެއްކުމަށް މި އަހަރުގެ ކޭޝް ފްލޯއިން ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް މިިނިސްޓަރ ވިދާޅުވިއެވެ. މި އަހަރުގެ ޖުލައިމަހުން ފެށިގެން ޕެންޑިން ބިލްތައް ޖަމާވަމުންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެވްރެޖް އާމްދަނީގެ ގޮތުގައި 3 ބިލިއަން ލިބޭ އިރު ޚަރަދު ހުރީ 4 ބިލިއަނުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަން ބަދަލުކުރެވޭނީ ފިސްކަލް ސިޔާސަތު ބަދަލުކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސިޔާސީ ކަންކަމާއި ފިސްކަލް ހާލަތާއި ގުޅިފައިވާ ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ދަރަނީގެ ދެމެހެއްޓެނެވިކަން އިޔާދަކުރުމަށް އިސްކަން ދެއްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މީގެ 5 އަހަރު ކުރިން ޖުމްލަ ބަޖެޓް 28 ބިލިއަން، ޚަރަދު 27 ބިލިއަން އަދި ޖުމްލަ އާމްދަނީ ހުރީ 21 ބިލިއަން ރުފިޔާގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެހެންމެ ޑެފިސިޓް 4 ބިލިއަން ރުފިޔާ، ޖީޑީޕީގެ ނިސްބަތުން 5.2 އިންސައްތަ 5 އަހަރު ކުރިން ހުރި އިރު ޖުމްލަ ދަރަނި ހުރީ 72 %ގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ޖުމްލަ ބަޖެޓްގެ 49 ބިލިއަން ރުފިޔާ އަރާފައި. 211 ބިލިއަން ރުފިޔާގެ އިތުރުވުމެއް. ޚަރަދުތައް ހުރީ 48 ބިލިއަން ރުފިޔާގައި. އެއީ 20 ބިލިއަންގެ އިތުރުވުމެއް. އާމްދަނީ 33 ބިލިއަން ރުފިޔާ ، 12 ބިލިއަން ރުފިޔާގެ އިތުވުމެއް. ޑެފިސިޓް މިހާރު މި އުޅެނީ 13 ބިލިއަން ރުފިޔާގައި. ދަރަނި ޖީޑީޕީގެ ނިސްބަތުން 124%ގައި މިހާރު މިހިރީ. މި ބޮޑު ބަދަލު ރަނގަޅުކުރަން އިޤްތިސާދީ ފިޔަވަޅުތައް މިހާރުން މިހާރަށް އަޅަން ޖެހޭ.
ފިނޭންސް މިނިސްޓަރ ޑރ.މުހައްމަދު ޝަފީގް

ސަރުކާރުގެ ފިސްކަލް އަމާޒަށް ވާސިލްވުމަށް 4 ކަމެއް ކުރުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 26ގެ ނިޔަަލަށް ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 95 % އަށް ކުޑަކުރުން، ބަޖެޓްގެ ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5% އަށް އިތުރުވާނެހެން ހިފެހެއްޓުމާއި، ޖީޑީޕީގެ ނިސްބަތުން ދަށަށް ދާނެ މިސްރާބެއްގައި ދައުލަތުގެ ޖުމްލަ ދަރަނި ހިފެހެއްޓުމަކީ ވެސް އަމާޒެއް ކަަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރިކަަރަންޓް ޚަރަދުތައް އާމްދަނީ އަށް ވުރެ އިތުރު ނުކުރުމަކީވެސް އަމާޒެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދަރަނި މެނޭޖްކުރުމާއި މެދު ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ކްރެޑިބަލް ފައިނޭންސިން ޕްލޭނެއްގެ ބޭނުންތެރިކަމަށް އަލިއަޅުވާލައްވާފައެވެ. 2025 ވަނަ އަހަރު އެއް ފަހަރާ 100 މިލިއަން ޑޮލަރު ދަރަނި ހޭދުމަށް ދައްކާނެ ކަމަށާއި، 2026ގައި ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ދަރަނި ދައްކަން ހޭދަކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ފިސްކަލް ބަފަރ އިތުރު ކުރުމާއި ދަރަނި ދެއްކުމުގެ ހަކަތަ އިތުރުކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް