Advertisement
ކ. މާލެ
|
13 އޯގަސްޓް 2024 | އަންގާރަ 09:09
އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ޝައުނާ ވާހަކަދައްކަވަނީ
އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ޝައުނާ ވާހަކަދައްކަވަނީ
އެމްޑީޕީ
ސަރުކާރު ހިންގުން
9 މަސް ދުވަސް ވާ އިރު ސަރުކާރުގެ ދިގު ރާސްތާ ޕްލޭނެއް އަދިވެސް ފެންނަން ނެތް - ޝައުނާ
މިއީ ނާޤާބިލް ސަރުކާރެއް ކަމަށާއި ވެރިކަމަށް އަންނަން ވީ ވައުދުތައް ނުކުރެވި ހުރި ކަމަށް ޝައުނާ ވިދާޅުވި
ސަރުކާރަށް 9 މަސް ދުވަސްވީ އިރު ސަރުކާރުގެ އެއްވެސް މިސްރާބެއް އަމާޒެއް ނެތް ކަމަށް ޝައުނާ ވިދާޅުވި

މި ސަރުކާރަށް 9 މަސް ދުވަސް ވާ އިރު ސަރުކާރުގެ ސްޓްރެޓިޖިކް ޕްލޭނެއް ނެތް ކަމަށާއި ސަރުކާރުގެ ދިގު ރާސްތާ ޕްލޭނެއް އަދިވެސް ފެންނަން ނެތް ކަމަށް ކުރީގެ ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ.

Advertisement

މި ސަރުކާރަށް 9 މަސް ދުވަސްވީ އިރު ސަރުކާރުގެ އެއްވެސް މިސްރާބެއް އަމާޒެއް ނެތް ކަމަށް ޝައުނާ ވިދާޅުވިއެވެ. މިއީ ނާޤާބިލް ސަރުކާރެއް ކަމަށާއި ވެރިކަމަށް އަންނަން ވީ ވައުދުތައް ނުފުއްދި ހުރި ކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި އެގޮތް މިގޮތަށް ސަރުކާރުގެ ޕޮލިސީތައް ބަދަލުކުރަމުންދާ ކަމަށާއި ވެރިކަމަށް އައުމަށް އެންމެ ބާރަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްކެވި އިންޑިއާ އައުޓްގެ ޕޮލިސީގެ ވާހަކައަކީ ވެސް ދޮގުތަކެއް ހައްދަވައިގެން ދެއްކެވި ވާހަކަތަކެއް ކަން މިހާރު ފެންނަމުންދާ ކަމަށް ޝައުނާ ވިދާޅުވިއެވެ. ޝައުނާ އިތުރަށް ވިދާޅުވީ ސަރުކާރަށް އައިސް އެމްޑީޕީ ސަރުކާރުން ގައުމުތަކާއި އެކު ވީ އެގްރީމެންޓްތައް ދައްކާނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް އެކަން ވެސް ނުވާ ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުން 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ބުނި ނަމަވެސް 2000 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން މިހާރުވެސް އެބަ ތިބި ކަމަށް ޝައުނާ ވިދާޚުވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ބަލާލުމުން ރައްޔިތުންނާއި ގުޅުން ހުރި ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންކަމަށް ވާއިރު އެ ޒުވާނުން އެންމެ ބޮޑަށް އެދިގެން ތިބީ މަތީ ތައުލީމުގެ ފުރުސަތު ކަމަށް ޝައުނާ ވިދާޅުވިއެވެ. ރައީސް ޞާލިހުގެ ސަރުކާރުގައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިލޭ ޑިގްރީގެ ޕްރޮގްރާމް ފެށީ އެ ސަބަބާއި ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ގެންނަން ހުރި މުހިންމު އިސްލާހުތައް އެ ވެރިކަމުގެ ފުރަތަަމަ 100 ދުވަސްތެރޭގައި ހުށަހަޅާފައިވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ. މީގެ އިތުރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަރަންޓުގެ އަގު ކުޑަކޮށް، މެންޓަލް ހެލްތް ކްލިނިކް ޤާއިމްކުރުމާއި، މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ދޭން ނިންމުން ފަދަ ބޮޑެތި ބަދަލުތައް ގެންނަވާފައިވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެފަދަ އެއްވެސް ކަމެއް މި ސަރުކާރުގެ ކިބައިން ނުފެންނަކަމަށް ފާހަގަކުރައްވާ ޝައުނާ ވަނީ އެކަަމަށް ފާޑު ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް