Advertisement
ކ. މާލެ
|
12 އޯގަސްޓް 2024 | ހޯމަ 20:03
އެމްޑީޕީއަށް ތާއީދު ކުރާ މީހުންތަކެއް
އެމްޑީޕީއަށް ތާއީދު ކުރާ މީހުންތަކެއް
އެމްޑީޕީ
ޒުވާނުންގެ މައްސަލަތަކަށް އިޙްމާލުވުން
ޒުވާނުންގެ މުހިންމު މައްސަލަތަކަށް ސަރުކާރުން އިހުމާލުވަމުންދާތީ އެމްޑީޕީގެ ޔޫތް ވިންގުން ކަންބޮޑުވުން ފާޅުކޮށްފި
ޒުވާނުން ވަޒީފާތަކުން ވަކި ކުރާއިރު އެއްވެސް ކަމެއް ނުކޮށް ގޭގައި ތިބެގެން މުސާރަ ނަގާ މީހުން ސިޔާސީ މަގާމުތަކުގައި އެބަތިބި
ޒުވާނުންގެ ވަޒީފާގެ ފުރުސަތު ހިމާޔަތް ކޮށްދޭނެ ކަމަށް ބުނި ނަމަވެސް އެ ވައުދާ ވަނީ ޚިލާފްވެފައި

ޒުވާނުންގެ މުހިންމު މައްސަލަތަކަށް ސަރުކާރުން އިހުމާލުވަމުންދާތީ އެމްޑީޕީގެ ޔޫތް ވިންގުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޒުވާނުންގެ ގޮފިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމުގެ ޒުވާން ޖީލުގެ މުހިއްމު ކަމާއި ބޭނުންތެރިކަން ފާހަގަކުރާއިރު، ޒުވާނުންނަށް އަމާޒުކޮށްފައިވާ އެކަށީގެންވާ ސިޔާސަތުތަކާއި ޒުވާނުން ކުރިއެރުވުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމީ ނާއުއްމީދީ ކަމެއް ކަމަށް ދެކޭ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ މިހާރުގެ ސަރުކާރުން ޒުވާނުންގެ ވަޒީފާގެ ފުރުޞަތުތައް ހިމާޔަތްކުރުމަށް ވަޢުދުވެފައިވީ ނަމަވެސް، ވަޢުދުތަކާއި މިއަދު ގިނަ ޒުވާނުން ކުރިމަތިލާންޖެހިފައިވާ ޙަޤީޤަތާ ދެމެދު ވަރަށް ބޮޑު ތަފާތެއް ވާކަމަށެވެ.

Advertisement

ސަރުކާރުން އެސް.އޯ.އީ ތަކުން އެތައް ސަތޭކަ މުވައްޒަފުން ވަކިކުރަމުންދާއިރު، ސިޔާސީ މަޤާމުތަކަށް ޢައްޔަންކޮށްފައިވާ ފަރާތްތަކުން ގޭގައި ތިބެގެން މުސާރަ ނަގަމުންދާކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ ޝިޢާރުގެ ގޮގުގައި "ރައްކާތެރި އަދި އެކުލެވޭ ޑިޖިޓަލް ޖާގަތަކަށް ލީޑަރޝިޕް" ކަނަޑއަޅާފައި ވާއިރު، ސައިބަރ ބުލީކުރުމާއި ދޮގު މަޢުލޫމާތު ފެތުރުން މި ދުވަސްވަރު އާންމު ވެފައިވާ ކަމަށާއި ރާއްޖޭގެ ސައިބަރ ސްޕޭސް ދޮގު މަޢުލޫމާތުން އެއްކިބާކޮށް، އެފަދަ މަޢުލޫމާތު ފެތުރުން ހުއްޓުވުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މީޑިއާ އަށާއި އާންމު ރައްޔިތުންނަށް ހުރަހެއްނެތި މަޢުލޫމާތު ލިބޭނެ ގޮތް ހަދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ތަޢުލީމާއި ވޮކޭޝަނަލް ތަމްރީނުތަކަށް އިތުރަށް އިންވެސްޓްކުރުމަށާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި، ފަސޭހައިން ލިބެންހުރި ނަފްސާނީ ސިއްހަތުގެ ހިދުމަތްތަކެއް ރާއްޖޭގައި ގާއިމުކުރުމަށް ބަޔާނުގައި ސަރުކާރަށް ގޮވާލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް