Advertisement
ކ. މާލެ
|
12 އޯގަސްޓް 2024 | ހޯމަ 17:38
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް
އަދަދު
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދިނުން
4000 ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ މެދުތެރޭގައި: މިނިސްޓަރު ހައިދަރު
ލިސްޓް ފައިނަލް ކުރާނީ ހައުސިން މިނިސްޓްރީން
މި ސަރުކާރުގެ ވައުދަކީ އެބަޔަކަށް ލިބިފައިވާ ހައްގެއް އެބަޔަކަށް ރައްދުކޮށް ދިނުން
ފްލެޓު ލިސްޓު އޮކްޓޯބަރު މަސްތެރޭގައި އާއްމުކުރާނެ

ހުޅުމާލެ ފޭސް-2 ގައި އިމާރާތް ކުރަމުންދާ 4000 ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ފްލެޓުތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިމަޝްރޫއުގެ މަސައްކަތްތައް ނިމޭނެ ކަމަށް ބެލެނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

Advertisement

ފްލެޓު ލިސްޓަށް އިޝާރާތް ކުރައްވައި މިނިސްޓަރު ހައިދަރު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކަނޑައަޅާފައިވާ ލިސްޓަކީ ފައިނަލް ލިސްޓު ނޫން ކަމަށާއި، ލިސްޓް ފައިނަލް ކުރާނީ ހައުސިން މިނިސްޓްރީން ކަމަށެވެ. އަދި ފްލެޓުތައް ދޫކުރެވޭނީ ލިސްޓު މުރާޖައާ ކުރުމަށްފަހު ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ހައިދަރު ވަނީ މަޖިލީހުގައި މާތްﷲ ގަންދީ ހުވާކޮށް މި ސަރުކާރުގެ ވައުދަކީ އެބަޔަކަށް ލިބިފައިވާ ހައްގެއް އެބަޔަކަށް ރައްދުކޮށް ދިނުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް ވެސް ދޫކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ހައިދަރު ދެއްވިއެވެ.

އޭސީސީން މައްސަލަ ތަހުގީގުކޮށް އަޅުގަނޑުމެންނަށް ރިޕޯޓު ފޮނުވިއިރު ތިވިދާޅުވިހެން ޕަސެންޓޭޖުތަކެއް ދެއްވާފައިވޭ. އޭގެން އެއްވެސް ޝަރުތެއް ހަމަނުވާ ވަކި ޕަސެންޓޭޖުތަކެއް އެބަ އޮތޭ ކަނޑައެޅިގެން ވަކި ގޮތެއް ނުނިންމޭނެ. ވަކި ޕަސެންޓޭޖުތަކެއް އެބައޮތޭ ޝަރުތު ފުރިހަމަވެ ހައްގުވާ ވަކި ޕަސެންޓޭޖުތަކެއް އެބަ އޮތޭ. ނަމަވެސް އޭސީސީން އަންގާފައި އެބައޮތް ވަކި ކަންތައްތަކެއް ކުރަން. އެކަންތައްތައް ކުރެވެން އޮތީ މުޅި ލިސްޓު އޭގައި ހިމެނޭ އެއަށް އެޕްލައި ކުރި ހުރިހާ އެންމެންގެ ފޯމްތައް ބަލައި މުރާޖައާ ކޮށްގެން ނޫނިއްޔާ އެކަން ޔަގީން ކުރެވޭކަށް ނެތް. 4000 ފްލެޓު އެބަ އިމާރާތް ކުރޭ. އިމާރާތް ކޮށް ނިމޭނީ މިއަންނަ އަހަރުގެ މެދުތެރޭގައި. އޮގަސްޓް މަހު ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ މިއަންނަ އަހަރުގެ. އެހެންވީމަ އެމަސައްކަތް ކުރުމުގައި އަޅުގަނޑުމެން ހުރިހާ ފޯމްތަކެއް މުރާޖައާކޮށްގެން ނޫނިއްޔާ މިފްލެޓުތައް މިދެވެނީ ހައްގު ފަރާތްތަކަށް އަޅުގަނޑުމެންނަށް ކަނޑައެއްނޭޅޭނެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

29 ޖުލައި 2024 ގައި ޕެޓިޝަން ކޮމެޓީގައި މިނިސްޓަރު ހައިދަރު ވިދާޅުވީ ފްލެޓު ލިސްޓު އޮކްޓޯބަރު މަސްތެރޭގައި އާއްމުކުރާނެ ކަމަށެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ 32 ޓަވަރުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ފުރަތަމަ 6 ޓަވަރުގެ މަސައްކަތް ނިމޭނީ އޮކްޓޫބަރު މަސް ތެރޭގައި ކަމަށެވެ. އެޓަވަރުތަކުގެ މަސައްކަތް ނިމުމާއެކު ލިސްޓު ވެސް އާއްމުކުރާނެ ކަމަށާއި، ފްލެޓުތައް ހުސްކޮށް ނުބަހައްޓާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް