Advertisement
ކ. މާލެ
|
12 އޯގަސްޓް 2024 | ހޯމަ 11:25
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ރާއްޖެއެމްވީ
ފްލެޓާއި ގޯތީގެ މައްސަލަ
ދީފައިވާ ފްލެޓުތައް އަތުލުމަކީ މި ސަރުކާރުން ރައްޔިތުންނާ ދޭތެރޭގައި ކުރާނެ އެންމެ ގޯސް އެއް ކަންތައް: ނާޒިލް
މެމްބަރުން ކުރި ގިނަ ސުވާލުތަކަށް ވަޒީރު ސާފު ޖަވާބެއް ނުދެއްވާ
ކަނޑުން ގޯތި ދޫކޮށްފައިވާކަމަށް ވަޒީރު ތަކުރާރުކޮށް ވިދާޅުވި
އަލުން ފްލެޓުތަކަށް ހުޅުވާލުމަކީ ކޮށްގެންވާނެ ކަމެއް ނޫން
ޚަބަރުގެ އޯޑިއޯ

ރައްޔިތުންނަށް ދީފައިވާ ފްލެޓުތައް އަތުލުމަކީ މި ސަރުކާރުން ރައްޔިތުންނާ ދޭތެރޭގައި ކުރާނެ އެންމެ ގޯސް އެއް ކަންތައްކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހައުސިންގ މިނިސްޓަރ އަލީ ހައިދަރު މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

މިނިސްޓަރުގެ ވާހަކަތަކަށް އަލިއަޅުވާލައްވާ މެމްބަރު ނާޒިލް ވިދާޅުވީ، ކަނޑުން ގޯތި ދޫކޮށްފައިވާކަމަށް ވަޒީރު ތަކުރާރުކޮށް ވިދާޅުވި ކަމަށާއި، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވަނީ ރައްޔިތުންގެ ހައްޤުތަކަށް ހުރަސް އެޅުމަށް ކަމަށެވެ.

Advertisement

ނާޒިލް ވިދާޅުވީ، އަލުން ފްލެޓުތަކަށް ހުޅުވާލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އަދި ރައީސް ޑރ މުއިއްޒުގެ ސަރުކާރުން އެކަން އެހެން ކޮށްފިނަމަ އެއީ ރައްޔިތުންނާ ދޭތެރޭގައި މި ސަރުކާރުން ކުރާނެ އެންމެ އަނިޔާވެރި ގޯސް އެއް ކަންތައް ކަމަށް ނާޒިލް ސިފަ ކުރެއްވިއެވެ.

އެއީ ރައްޔިތުންނާ ދޭތެރޭގައި މި ސަރުކާރުން ކުރާނެ އެންމެ ގޯސް ކަންތައް ކަމަށް ދެކެނީ.
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ނާޒިލް އިތުރަށް ވިދާޅުވީ، މެމްބަރުން ކުރާ ސާފު ސުވާލުތަކަށް ވަޒީރު ޖަވާބު ނުދެއްވުމުން ރިޔާސަތުންވެސް އެކަން ފާހަގަކޮށްފައިނުވާ ކަމަށެވެ. މިސާލެއްގެ ގޮތުން މެމްބަރު ޒިޔާދު ކުރެއްވި ސުވާލުތަކަށް ނާޒިލް އަލިއަޅުވާލެއްވިއެވެ.

ނާޒިލް ވިދާޅުވީ، ހަގީގަތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލިސް ތެރެއިން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ރިޔާސަތުން އެކަންކަމަށް ސަމާލުކަން ނުދިންކަމަށެވެ.

މެމްބަރު ޒިޔާދު ކުރެއްވި ފުރަތަމަ ސުވާލަކީ އެއްވެސް މީހަކަށް ދީފައިވާ އެއްޗެއް އަނބުރާ ނުނަންގަވާނެކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއިރު، މިހާރު އެ ނިންމުން ބަދަލުކުރީ ރައީސާ މަޝްވަރާ ކުރައްވާފައިތޯއެވެ. ދެން ކުރެއްވި ސުވާލަކީ ކަނޑުން ގޯތި ދެއްވާ ވާހަކަ ވަޒީރު ވިދާޅުވާއިރު، ގޯތި ލިސްޓު ރިވިއު ނުކުރައްވަނީ ކީއްވެތޯއެވެ. ތިންވަނަ ސުވާލަކީ އެއްވެސް ރަށެއްގައި މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށައިފިތޯއެވެ.

އެހެންނަމަވެސް އެއިން އެއްވެސް ސުވާލަކަށް ވަޒީރު ސާފު ޖަވާބެއް ނުދެއްވައެވެ.

އެކަމާ ހިތްހަމަޖެހިވަޑައިނުގެން މެމްބަރު ޒިޔާދު ވަނީ މަޖިލީހުގެ ތަޅުމުގައި އަޑު އުފުއްލަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް