ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 20:36
އެމެރިކާއިން އިސްރާއީލަށް އެންމެ ފަހުން މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މިދިޔަ އޭޕްރީލް މަހު ކޮންގްރެސް އިން ފާސްކުރި ސަޕްލިމެންޓްރީ މިލިޓަރީ ފަންޑިން ބިލަކުން
އެމެރިކާއިން އިސްރާއީލަށް އެންމެ ފަހުން މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މިދިޔަ އޭޕްރީލް މަހު ކޮންގްރެސް އިން ފާސްކުރި ސަޕްލިމެންޓްރީ މިލިޓަރީ ފަންޑިން ބިލަކުން
ރޮއިޓާސް
އެމެރިކާއިން އިޒްރޭލަށް ދޭ އެހީ
ހަތިޔާރު ގަންނަން އިޒްރޭލަށް 3.5 ބިލިއަން ޑޮލަރުގެ އެހީ އެމެރިކާއިން ދީފި
މިއަހަރުގެ އޭޕްރީލް މަހު އެމެރިކާގެ ކޮންގްރެސް އިން 14.5 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އިޒްރޭލަށް ދިނުމަށް ވަނީ ފާސްކޮށްފައެވެ.
ޚަބަރުގެ އޯޑިއޯ

ފަލަސްތީންގެ ގައި ފާޅުގައި އިޒްރޭލުން ގަތުލުއާއްމުން ހިންގަމުންދާ ދަނޑިވަޅެއްގައި އިޒްރޭލުން ހަތިޔާރު ގަންނަން އެމެރިކާ އިން 3.5 ބިލިއަން ޑޮލަރުގެ އެޙީ ދޭން ނިންމައިފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން ބުނީ މި އެހީ އަކީ އެމެރިކާގައި އުފައްދާ ހަތިޔާރު ގަތުމަށް ޚަރަދު ކުރަން އިޒްރޭލަށް ހަމަޖައްސައިދިން އެހީ އެއް ކަމަށެވެ.

އިތުރު ހަތިޔާރު ގަންނަން އެމެރިކާ އިން އެތައް ބިލިއަން ޑޮލަރުގެ އެހީ އިޒްރޭލަށް ހަމަ ޖައްސައި ދިން އިރު ގާޒާ އަށް އިޒްރޭލް ސިފައިން ބަރު ހަތިޔާރާ އެކު އަރާ ފަލަސްތީން ރައްޔިތުން މަރަމުން ގެންދާތާ މިހާރު ވަނީ 10 ވަނަ މަހަށް އެޅިފައެވެ.

އިޒްރޭލަށް ހަމަ ޖައްސައިދިން އެހީ އާ ބެހޭ ގޮތުން މައުލޫމާތު ދެމުން ހުކުރު ދުވަހު އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބުނީ، އިޒްރޭލަށް ހަތިޔާރު ގަންނަން އެހީ ދޫކުރަން ރައީސް ބައިޑްން ނިންމަވާ އެމެރިކާގެ ކޮންގްރެސް އަށް އެކަން އަންގާފައިވާނެ ކަމަށެވެ.

އެމެރިކާގެ ކޮންގްރެސް އިން މިދިޔަ އޭޕްރީލް މަހު 14.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ އިޒްރޭލަށް ދިނުމަށް ވަނީ ފާސްކޮށްފައެވެ. މިއީ ކޮންމެ އަހަރަކު އެމެރިކާ އިން ދޭ ތިން ބިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ އިތުރުން ފާސް ކުރި ސަޕްލިމެންޓަރީ ބަޖެޓެއް ކަމަށް އެމެރިކާގެ މީޑިއާ އިން ރިޕޯޓް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް