ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 11:52
އެތުލެޓިކޯގެ ދަނޑުގައި ގަލަގާ
އެތުލެޓިކޯގެ ދަނޑުގައި ގަލަގާ
އެތުލެޓިކޯ މެޑްރިޑް
އެތުލެޓިކޯ މެޑްރިޑް
ގަލަގާ އެތުލެޓިކޯ އަށް ސޮއި ކޮށްފި
އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ކޮނާ ގަލަގާ، އެ ކުލަބު ދޫކޮށް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ސޮއި ކޮށްފި އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ޗެލްސީއާ ގުޅުނީ 2019 ވަނަ އަހަރު އެވެ. ޗެލްސީ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރުމަށް އެ ކުލަބުން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޗެލްސީގެ ހުށަހެޅުން ޤަބޫލު ނުކުރަން ގަލަގާ ވަނީ ނިންމައިފަ އެވެ. ގަލަގާ ހޯދުމަށް އެތުލެޓިކޯ އިން ޗެލްސީ އާއެކު ކުރި މަޝްވަރާތަކުން، އޭނާ ދޫކޮށްލަން އެ ކުލަބުން އޮތީ އެއްބަސް ވެފަ އެވެ.

ގަލަގާ މިހާރު ވަނީ އެތުލެޓިކޯގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ގަލާގެ އިތުރުން އެތުލެޓިކޯ އިން ވަނީ މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް ހޯދުމުގެ ޑީލް ވެސް ކާމިޔާބު ކޮށްފަ އެވެ.

ގަލަގާ ވަނީ ޗެލްސީ އަށް ކުޅެދިން 95 މެޗުން 10 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. ޗެލްސީގައި ހުރުމަށްފަހު ގަލަގާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ހަތަރު ކުލަބަކަށް ކުޅެފަ އެވެ. އެއީ ޗާލްޓަން އެތުލެޓިކް، ސްވަންސީ ސިޓީ، ވެސްޓް ބްރޮމްވިޗް އަލްބިއަން އަދި ކްރިސްޓަލް ޕެލަސް އެވެ.

- ކޮމެންޓް