Advertisement
ކ. މާލެ
|
8 އޯގަސްޓް 2024 | ބުރާސްފަތި 11:42
މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ރާއްޖެއެމްވީ
ފްލެޓާ ގޯތި މައްސަލަ
ފްލެޓާ ގޯތި ގެއްލިއްޖެ، ހައުސިންގ މިނިސްޓަރު ހައިދަރު ފިލައިފި، އެކަމަކު ހޫނު ގޮނޑިއަށް ގެންނާނަން! : ނާޒިލް
ނާޒިލް ވިދާޅުވީ، ކިހާ ދުވަހަކު ފިއްލަވައިގެން އުޅުއްވާނަންތޯ މިނިސްޓަރާ ސުވާލު ކުރައްވާނެ ކަމަށް
ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބާ ކުރި ސުވާލުތަކަށް ލިބިގެންދިޔައީ ޒިންމާދާރުކަން ކުޑަ ޖަވާބުތަކެއް
މިހާރު ކަންކަން ހިނގަމުންދާ ގޮތުން ރައްޔިތުންނަށް ސާފުވާ ކަމަކީ މި ސަރުކާރުން ހެދީ ހުސް ދޮގު ކަމަށް

ފްލެޓާ ގޯތި ޙައްޤުވެރިންނަށް ގެއްލިފައިވާއިރު، ހައުސިންގ މިނިސްޓަރު އަލީ ހައިދަރުވެސް ފިއްލަވައިފި ކަމަށާއި، އެކަމަކު މަޖިލީހުގެ ހޫނު ގޮނޑިއަށް ހައިދަރު ގެންނަވާނެކަމަށް މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލިސް ތެރެއިން ޚާއްސަ ކެމްޕޭނެއް ފަށާފައިވާކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ބުދަ ދުވަހުގެރޭ ދެއްކެވި ވާހަކައިގައި ނާޒިލް ވިދާޅުވިއެވެ.

Advertisement

ނާޒިލް ވިދާޅުވީ، ވަޒީރުންނާ ސުވާލު ކުރުން ފަށައިގެން ކުރިއަށްދާ ކަމަށާއި، ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބާ ކުރި ސުވާލުތަކަށް ލިބިގެންދިޔައީ ޒިންމާދާރުކަން ކުޑަ ޖަވާބުތަކެއް ކަމަށެވެ.

ނާޒިލް ވިދާޅުވީ، މި ހިނގަމުންދާ ސަރުކާރުން އަލަށް ކުރި އެއްވެސް ކަމެއް ނެތް ކަމަށާއި، ކުރިން ފަށާފައި ހުރި ކަންކަންވެސް ހުރީ މަޑުޖެހިފައި ކަމަށެވެ.

އެކްސްކަވޭޓަރަށް އަޅާނެ ޑީސަލެއް ނުލިބޭ، ޑީސަލް ލިބިއްޖެއްޔާ ދެން ވާ ގޮތެއް އެބޭފުޅުންނަކަށްވެސް ނޭނގޭ، ޑްރޯވިންގ ކަމަކު ނުދޭ، ބަޖެޓުގައި ހުރި އަދަދު މާ ބޮޑު، އެހެންނޫނީ މާ ކުޑަ، ވަރަށް ތަފާތު، ކުރެވުނު އެއް ކަމެއްވެސް ނެތް ހަގީގަތުގައި، ކުރަމުން ކުރަމުން އައި މަސައްކަތްތައް ހުއްޓިއްޖެ.
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ، މިހާރު ކަންކަން ހިނގަމުންދާ ގޮތުން ރައްޔިތުންނަށް ސާފުވާ ކަމަކީ މި ސަރުކާރުން ހެދީ ހުސް ދޮގު ކަމަށެވެ.

މިނިސްޓަރާ ކުރި ސުވާލުތަކުގެ ތެރެއިން އެއްވެސް ސުވާލަކަށް ޖަވާބު ނުދެވޭ ކަމަށާއި، ދެން ސުވާލު ކުރި ވަޒީރުންގެ ޖަވާބުތައްވެސް ހުރީ އެކަހަލަ ގޮތަކަށް ކަމަށް ނާޒިލް ފާހަގަ ކުރެއްވިއެވެ.

ނާޒިލް ވަނީ އޭގެ ބައެއް މިސާލުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. ދެން ނާޒިލް ދެއްކެވީ ހައުސިންގ މިނިސްޓަރު އަލީ ހައިދަރުގެ ވާހަކައެވެ. އެ ވާހަކަ ފައްޓަވަމުން ނާޒިލް ވިދާޅުވީ، ހައުސިންގ މިނިސްޓަރު އަލީ ހައިދަރު ފިއްލަވައިފި ކަމަށެވެ.

އަޅުގަނޑުމެންނަށް އިވޭ ގޮތުގައި އެންމެ ފަހަރަކު އަދި މިހެން ގޮވާލިޔަސް ހައިދަރެއް ވަޑައެއް ނުގަންނަވާނެ، މިއީ މާލޭގައި ދިރިއުޅޭ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ވަރަށް ކަންބޮޑުވާ ކަމެއް.
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ، ކިހާ ދުވަހަކު ފިއްލަވައިގެން އުޅުއްވާނަންތޯ މިނިސްޓަރާ ސުވާލު ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން، މިހާރު ފްލެޓު ތަކާ ގުޅޭ ކަންކަމުގައި ކޮމިޓީއެއްވެސް މަޖިލީހުގައި ހެދިފައިވާކަން ފާހަގަ ކުރައްވައި ނާޒިލް ވިދާޅުވީ، ކޮމިޓީއަށް ހައިދަރު ހާޒިރު ކުރައްވާނެ ކަމަށާއި، ހޫނު ގޮނޑީގައި އިންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އަދި ހައިދަރާ ކުރައްވާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާނެކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވަނީ ފްލެޓާއި ގޯތީގެ މައްސަލައިގައި ސަރުކާރާއި ހައުސިންގ މިނިސްޓްރީން އަމަލު ކުރަމުންދާ ގޮތާމެދު ނުރުހުން ފާޅު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް