Advertisement
ކ. މާލެ
|
7 އޯގަސްޓް 2024 | ބުދަ 23:18
މާލޭގެ ޓްރެފިކް ފްލޯ ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ
މާލޭގެ ޓްރެފިކް ފްލޯ ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ
ޕޮލިސް
ކިންގްސްޓޮން އަށް ކުރާ ތުހުމަތު
ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސްއިން ސައިކަލު ނެގުމަށް ފައިސާ ދެއްކި މީހުންގެ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެ
މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވަނީ ހުށަހަޅާފައި
ސައިކަލު ގަތުމަށް ގިނަ ބަޔަކު ފައިސާ ދައްކާފައިވޭ، ގިނަ ދުވަސްތަކެއްވީއިރު ވެސް ސައިކަލު ލިބިފައެއް ނުވޭ
އެ މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސްއިން ސައިކަލު ނެގުމަށް ފައިސާ ދެއްކި މީހުންގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެއެވެ.

ބުދަ ދުވަހު ފުލުހުން ބުނީ ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް މި ޚިދުމަތަށް ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސްއަށް ސައިކަލު ގަތުމުގައި މަކަރާއި ހީލަތުގެ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ އިތުރު އެއްވެސް ފަރާތެއް ވާނަމަ، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅައި، އެ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

Advertisement

އެ މައްސަލަތައް މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލު ގަތުމަށް ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސްއަށް ގިނަ ބަޔަކު ވަނީ ފައިސާ ދައްކާފައެވެ. ނަމަވެސް ގިނަ ދުވަސްތަކެއްވީއިރު ވެސް ސައިކަލު ލިބޭގޮތް ވަނީ ނުވެފައެވެ. އަދި ސައިކަލު ލިބޭނެ ކަމަށް ބުނެ، އެކުންފުނިން އެކި ފަހަރު އެކި ތާރީހުތައް ދީފައިވާ ކަމަށް ފައިސާ ދެއްކި މީހުން ބުނެއެވެ. އަނބުރާ ފައިސާ ދިނުމަށް އެމީހުން އެދުނު ނަމަވެސް ފައިސާ ވެސް ސައިކަލު ވެސް ދީފައިނުވާތީ ގިނަ ބަޔަކު ކިންސްޓަންގެ ފިހާރަތައް ކުރިމައްޗަށް އެއްވެ ވަނީ ނުރުހުން ފާޅުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް