Advertisement
ކ. މާލެ
|
7 އޯގަސްޓް 2024 | ބުދަ 14:46
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު
ރާއްޖެއެމްވީ
ސަރުކާރުގެ ސިޔާސަތުތައް
މި ކެބިނެޓާއި އެކު ނަތީޖާ އެއް ނުފެނޭ، ރައީސް މުއިއްޒު ކެބިނެޓް ރީފޯމްކުރަން ޖެހޭ - އަބްދުﷲ ވަހީދު
އޭނާ ވިދާޅުވީ މި ސަރުކާރުން ޢަމަލު ކުރި ގޮތުން އިޤްތިޞާދީ ގޮތުން ރާއްޖެ އަށް ގޮންޖެހުންތަކާއި ދިމާވެފައިވާ ކަމަށް
ހަމަ ހަމަ ޚާރިޖީ ގުޅުމަށް ބުރޫ އަރާ ގޮތަށް މި ސަރުކާރުން ޢަމަލުކޮށްފައިވާ ކަމަށް އެނާ ވިދާޅުވި

މި ކެބިނެޓާއި އެކު ނަތީޖާ އެއް ނުފެނޭ، ރައީސް ޑރ.މުހައްމަދު މުއިއްޒު ކެބިނެޓް ރީފޯމްކުރަން ޖެހޭކަމަށް މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement

އޭނާ ވިދާޅުވީ މި ސަރުކާރުން ޢަމަލު ކުރި ގޮތުން އިޤްތިޞާދީ ގޮތުން ރާއްޖެ އަށް ގޮންޖެހުންތަކާއި ދިމާވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ޒަމާނުއްސުރެ ދަމަހައްޓަމުން އައި ހަމަ ހަމަ ޚާރިޖީ ގުޅުމަށް ބުރޫ އަރާ ގޮތަށް މި ސަރުކާރުން ޢަމަލުކޮށްފައިވާ ކަމަށް އެނާ ވިދާޅުވިއެވެ. އެގޮތުން އަވަށްޓެރި އިންޑިއާ ޖައްސާލުމުގެ ނަތީޖާ އަކީ ސަރަހައްދީ ގޮތުން ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެސް ދާއިރާއަކުން މަޝްރޫޫޢުތަކެއް ނުހިންގޭ ކަމަށާއި އެއީ ނާޤާބިލްކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ވަޒީރުންނަށް ރަނގަޅަށް ޕަރފޯމް ނުކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ކެމްޕެއިނުގައި ރައީސް ޑރ.މުއިއްޒުގެ އަރިހުގައި އުޅުއްވި ބޭފުޅުންނަށް މަޤާމުތައް ދެއްވަން ހައްދަވައިގެން، މަޤާމުތަކަށް އައްޔަންކުރެވިފައި ތިބީ އެންމެ ޤާބިލް މީހުން ނޫން ކަމަށެވެ.

އިރު އިރުކޮޅާ ވަޒީރުން ފުރައިގެން އެބަދޭ. ވާ ފައިދާ އެއް ބުނެއެއް ނުދެވޭ. އަދި ކެމްޕެއިންގައި އަރިހުގައި އުޅުއްވިޔަސް މަޤާމެއް ދެއްވާކަށް ނުޖެހޭ. އެކަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ކައިރިކައިރީގައި ބޭބޭފުޅުން މަޤާމުތަކުން ވަކިކުރުމާއި އެހެން މަޤާމުތަކަށް ހަމަ އެ ބޭފުޅުން އައްޔަންކުރުން ފަދަ ކަންކަން. ޤާބިލްކަމެއް ހަމަ ނެތީއޭ އިނގޭތޯ.
މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

ސަރުކާރު ހިންގުމުގައި ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ކުރައްވާ ކަންކަމަކީ އާއްމުންނާއި އިންތިޚާބީ މަޤާމުތަކުގައި ތިބި މީހުންނަށް އުނދަނގޫވާ އެކަމުގެ އަސަރު އެ ފަރާތްތަކަށް ކުރާ ކަންކަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ސަރުކާރާއި މެދު އާއްމުން މާޔޫސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާ އަވަަހަށް ސަރުކާރަކާއި މެދު އާއްމުން މާޔޫސް ނުވާކަމަށް އޭނާ ވަނީ ވިދާޅުވިއެވެ. އޭނާ ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމަށް ކުރާ މަސައްކަތާއި، މަޖިލީހުގެ މެމްބަރުންގެ އަދަދު ކެޕްކުރުމަށް ކުރާ މަސައްކަތްތަކަށް ވެސް ފާޑު ވިދާޅުވެފައެވެ.

Advertisement

Advertisement
- ކޮމެންޓް