ކ. މާލެ
|
7 އޯގަސްޓް 2024 | ބުދަ 11:44
އެންޑްރިއާ މަންޗިނީ އަދި އޭނާގެ ބައްޕަ ރޮބާޓޯ މަންޗިނީ
އެންޑްރިއާ މަންޗިނީ އަދި އޭނާގެ ބައްޕަ ރޮބާޓޯ މަންޗިނީ
ޓްވީޓަރ
ބާސެލޯނާ
ެޑެކޯ އާއެކު މަސައްކަތް ކުރުމަށް، ރޮބާޓޯ މަންޗިނީގެ ދަރިފުޅު ބާސެލޯނާ އަށް
މެންޗެސްޓަރ ސިޓީން 2011 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި އެންޑްރިއާ މަންޗިނީ ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލީ 2017 ވަނަ އަހަރު އެވެ.

ސްޕެއިންގެ ބާސެލޯނާގެ ޑައިރެކްޓަރު ޑެކޯ އާއެކު މަސައްކަތް ކުރުމަށް، އިޓަލީގެ ތަޖުރިބާކާރު ކޯޗު ރޮބާޓޯ މަންޗިނީގެ ދަރިފުޅު އެ ކުލަބަށް ބަދަލުވާން ނިންމައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިޓަލީގެ ޤައުމީ ޓީމަށް އިރުޝާދު ދީފައިވާ މަންޗިނީގެ ދަރިފުޅު، އެންޑްރިއާ މަންޗިނީ މިހާރު މަސައްކަތް ކުރަމުން އަންނަނީ އިޓަލީގެ ސެމްޑޯރިއާގަ އެވެ. އެ ކުލަބުގެ ސްޕޯޓިން ޑައިރެކްޓަރު ކަމާ އުމުރުން 31 އަހަރުގެ އެންޑްރިއާ މަންޗިނީ ހަވާލުވީ 2023 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، އެ ކުލަބުގެ މަގާމު ދޫކޮށްލަން އޭނާ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން އަންނަ ހަފްތާގެ ތެރޭގައި އެންޑްރިއާ މަންޗިނީ ބާސެލޯނާ އަށް ދަތުރު ކުރާނެ ކަމަށް ސްޕެއިންގެ މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. އެ ކުލަބުގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ އާއެކު މަސައްކަތް ކުރުމަށް އެންޑްރިއާ މަންޗިނީ ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މެންޗެސްޓަރ ސިޓީން 2011 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި އެންޑްރިއާ މަންޗިނީ ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލީ 2017 ވަނަ އަހަރު އެވެ. އެއަށްފަހު 2018 ވަނަ އަހަރު އޭނާ ވަނީ ސްޕޯޓިން ޑައިރެކްޓަރު ކޯސް ފުރިހަމަ ކޮށްފަ އެވެ. އެއަށްފަހު އެންމެ ފުރަތަމަ އޭނާ މަސައްކަތް ކޮށްފައި ވަނީ ފިއޮރެންޓީނާގަ އެވެ. އެއީ 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށެވެ. އެއަށްފަހު އޭނާ ބަދަލުވީ މިހާރުގެ ކުލަބު ސެމްޑޯރިއާ އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް