Advertisement
ކ. މާލެ
|
6 އޯގަސްޓް 2024 | އަންގާރަ 11:10
މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު މަސްއޫދު
މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު މަސްއޫދު
ރާއްޖެއެމްވީ
ބިދޭސީއަކު މަރާލި މައްސަލަ
މަސް ދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: ދައުވާއަށް ޖަވާބުދާރީވާން މަސްއޫދުއަށް އިތުރު ވަގުތު ދީފި
އޭނާގެ މައްޗަށް އުފުލާފައިވަނީ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ
ދިފާއުން ވަނީ ދައުވާއަށް ޖަވާބުދާރީވާން އިތުރު ވަގުުތަށް އެދިފައި

މަސް ދޯންޏެއްގައި މާރާމާރީ ހިންގާ ބިދޭސީ އަކު މަރާލި މައްސަލައިގައި އަޑުއެހުމެއް ބާއްވައިފިއެވެ.

މި މައްސަލައިގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު މަސްއޫދު ކިޔާ މީހެއްގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެފަސް ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

މި އަޑުއެހުމުގައި ކުރިއަށް ދިޔައީ ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ގޮތް ނިންމުމެވެ. އޭގެ ތެރޭގައި ސިއްރު ހެކިވެރިން ތަހުގީގަށް ދީފައިވާ ބަޔާންތައް ސިއްރު ކުރުމާއި، ސިއްރު ހެކިވެރިންގެ ހެކިބަސް ކާކުކަން ނޭނގޭ ގޮތަށް ނެގުމާއި، ނިޔާވި ފަރާތުގެ ފޮޓޯތައް އުނި ކުރުމަށްފަހު ސީން އޮފް ކްރައިމް ރިޕޯޓު ދޫކުރުން ހިމެނެއެވެ.

Advertisement

ދިފާއުން ވަނީ ދައުވާއަށް ޖަވާބުދާރީވާން އިތުރު ވަގުުތަށް އެދިފައެވެ. އެހެންކަމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވާފައެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުމެވެ. ގާޒީ ވިދާޅުވީ މި މަހުގެ ފަހު ހަފްތާގައި ދައުވާއަށް ޖަވާބުދާރީވުމުގެ އަޑުއެހުމެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވީ ގާޒީ ދީބާނާޒް ފަހުމީއެވެ. ނަމަވެސް ދީބާނާޒް ހައިކޯޓަށް ބަދަލުވެވަޑައިގެންނެވުމާއި ގުޅިގެން މިހާރު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިހުސާންއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް