ކ. މާލެ
|
5 އޯގަސްޓް 2024 | ހޯމަ 23:03
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚް ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން އުފާފާޅުކުރުމުގެ ތެރެއިން
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚް ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން އުފާފާޅުކުރުމުގެ ތެރެއިން
ރޮއިޓާރސް
ޝޭޚް ހަސީނާ އިސްތިއުފާ ދެއްވުން
ޝޭޚް ހަސީނާ އިންޑިއާ ގައި ހުންނަވަނީ ކުޑަ ދުވަސް ކޮޅަކު، ބެލެވެނީ އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވާނެ ކަމަށް
ޝޭޚް ހަސީނާ އިންޑިއާގައި މަޑު ކުރައްވާނީ އޭނާ ހިމާޔަތް ހޯއްދަވާ އެހެން ގައުމަކަށް ވަޑައިގަތުމުގެ އިންތިޒާމް ހަމަ ޖެހެންދެންނެވެ. އަދި އެ ގައުމަކީ އިނގިރޭސިވިލާތް ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
ޚަބަރުގެ އޯޑިއޯ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، ފިއްލަވައިގެން ހޯމަ ދުވަހު އިންޑިއާ އަށް ވަޑައިގެންނެވި ކުރީގެ ބޮޑުވަޒީރު ޝޭޚް ހަސީނާ އިންޑިއާގައި ހުންނަވާނީ ކުޑަ ދުވަސްކޮޅެއްގައި ކަމަށް އިންޑިއާގެ މީޑިއާ އިން ބުނެފިއެވެ.

އިންޑިއާގެ ގިނަ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޝޭޚް ހަސީނާ އިންޑިއާގައި މަޑު ކުރައްވާނީ އޭނާ ހިމާޔަތް ހޯއްދަވާ އެހެން ގައުމަކަށް ވަޑައިގަތުމުގެ އިންތިޒާމް ހަމަ ޖެހެންދެންނެވެ. އަދި އެ ގައުމަކީ އިނގިރޭސިވިލާތް ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

2009 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގެ ބޮޑު ވަޒީރުކަމުގައި ހުންނެވި ހަސީނާ ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގަތީ އަސްކަރީ ހެލިކޮޕްޓަރެއްގައި ކަމަށް ޚަބަރުތައް ބުނެއެވެ.

އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރު ޖެއްސީ އިންޑިއާގެ ހިންޑޮން އެއަރޕޯޓަށެވެ. އެއަރޕޯޓުން ހަސީނާ އާ އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަޖިތް ދޯވާލް ބައްދަލު ކުރެއްވި ކަމަށް އިންޑިއާގެ މީޑީއާ އިން ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ ހާލަތާ ގުޅޭ ގޮތުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވަވާފައެވެ.

ބަންގްލަދޭޝްގެ ހަމަ ނުޖެހުންތަކާ ގުޅިގެން އިންޑިއާ އިން ވަނީ ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް