ކ. މާލެ
|
5 އޯގަސްޓް 2024 | ހޯމަ 14:22
އީރާނުން އުފައްދާ އެންމެ ފަހުގެ މިސައިލް، އިޒްރޭލަށް ހަމަލާ ދިނުމުގައި ބޭނުން ކޮށްވާނެ ކަމަށް ބެލޭ
އީރާނުން އުފައްދާ އެންމެ ފަހުގެ މިސައިލް، އިޒްރޭލަށް ހަމަލާ ދިނުމުގައި ބޭނުން ކޮށްވާނެ ކަމަށް ބެލޭ
އިރާން ސްޕެކްޓޭޓަރ
އިސްރާއިލް - އިރާން ހަނގުރާމަ
އިރާން، ހިޒްބުﷲ އިން ކުރިއަށް އޮތް 24 ނުވަތަ 48 ގަޑީއިރު ތެރޭ އިޒްރޭލަށް ހަމަލާދޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖީ-7 ގެ ޚާރިޖީ ވަޒީރުންނަށް ދަންނަވައިފި
ޖީ-7 ގެ ޚާރިޖީ ވަޒީރުން ހޯމަ ދުވަހު ވަނީ މަސްރަހް ހޫނުވަމުންދާތީ ގުޅިފައިވާ ބަޔާނެއް ނެރުއްވާފައެވެ.

އިރާން އާއި ހިޒްބުﷲ އިން އިޒްރޭލަށް ކުރިއަށް އޮތް 24 ނުވަތަ 48 ގަޑީއިރު ތެރޭ ހަމަލާދޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވެ، ޖީ-7 ގެ ގައުމުތަކަށް އިންޒާރު ދެއްވަފި ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިއޮސް އިން ބުނެފިއެވެ.

އެމެރިކާގެ ރުހުން ލިބިގެން އިޒްރޭލުން ހަމާސްގެ ސިޔާސީ އެންމެ އިސް ވެރިޔާ އިސްމާއީލް ހަނިއްޔާ މިދިޔަ ބުދަ ދުވަހު އަވަހާރަ ކޮށްލުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހް ނުތަނަވަސް ވަމުން ދާއިރު، އިޒްރޭލާ ދެކޮޅަށް ވަރުގަދަ ހަނގުރާމަ އެއް އީރާނުން އިސްވެ އޮވެ ކޮންމެ ވަގުތެއްގައިވެސް ފަށާފާނެ ކަމަށް ވަނީ ބެލެވިފައެވެ.

އީރާނުގައި ހުންނަވަނިކޮށް ކުށްލި ގޮތަކަށް ހަނިއްޔާ އަވަހާރަކޮށްލިއިރު އޭގެ ގަޑީއިރު ތަކެއް ކުރިން ލުބުނާނަށް ހަމަލާދީ ހިޒްބުﷲ ގެ އިސް ކޮމާންޑަރެއް ކަމަށްވާ ފުއާދް ޝުކްރު އިޒްރޭލުން ވަނީ އަވަހާރަކޮށްލާފައެވެ.

ގާތްގާތުގައި ދިން މި ދެހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުންނާއި ހިޒްބުﷲ އިން އިޒްރޭލަށް ވަނީ ދީފައެވެ.

ބްލިންކަން ވަނީ ޖީ-7 ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް ފޯނުން ގުޅުއްވާ ހޯމަ ދުވަހާ ހަމައިން އީރާން އާއި ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާދީ ފާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ހަމަލާ ދޭނެ ބަރާބަރު ވަގުތާއި އަދި ދޭނީ ކޮން ބާވަތެއްގެ ހަމަލާ އެއް ކަމެއް އެމެރިކާއަށް ސާފު ނުވާ ކަމަށް ބްލިންކަން ވިދާޅުވި ކަމަށް މި ޚަބަރުގައި ބުނެފައިވެއެވެ.

ބްލިންކަން ވިދާޅުވި ކަމަށްވަނީ ހަމަލާތައް ހޫނުވިޔަ ނުދިނުމަށް އިޒްރޭލަށާއި އީރާނަށް އަދި ހިޒްބުﷲ އަށް ބާރު އަޅައިގެން މަސައްކަތް ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި ތިން ފަރާތާއި ވާހަކަ ދައްކައިގެން އެ މަގުން މަސައްކަތް ކޮށްދެއްވުމަށް ޖީ-7 ގެ ޚާރިޖީ ވަޒީރުންގެ ކިބައިން ބްލިންކަން އެދިވަޑައިގެންނެވި ކަމަށް ޚަބަރުގައި ވެއެވެ.

ކެނެޑާ، ފްރާންސް، ޖަރުމަނު، އިޓަލީ، ޖަޕާން، އިނގިރޭސިވިލާތާއި، އެމެރިކާގެ ހިމެނޭ ޖީ-7 ގެ ހުރިހާ ޚާރިޖީ ވަޒީރުން ވަނީ ހޯމަ ދުވަހު ގުޅިފައިވާ ބަޔާނެއް ނެރުއްވާފައެވެ. މި ބަޔާނުގައި މެދުއިރުމަތީގެ މަސްރަހް ހޫނުވަމުން ދާ ދިއުމުގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމަށް ބުނެފައިވެއެވެ. އަދި މައްސަލަ އިތުރަށް ގޯސްވެގެން ސަރަހައްދަށް ހަމަ ނުޖެހުންތައް ފުޅާވެގެން ހިނގައިދާނެ ކަމަށް ދެކޭ ކަމަށްވެސް ބުނެފައިވެއެވެ. އެހެން ކަމުގެ މައްސަލަ އިތުރުށް ގޯސްވިޔަ ނުދިނުމަށް ހުރިހާ ފަރާތަކުން ވެސް މަސައްކަތް ކޮށްދިނުމަށާއި، މެދު އިރުމަތީގެ މައްސަލަ އިތުރަށް ގޯސްވެގެން އެއްވެސް ގައުމަކަށް މޮޅެއް ނުވާނެ ކަމަށް ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހު އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމާއެކީ، ބަދަލު ހިފުމުގެ ހަމަލާ ދޭނެ ކަމަށް ބަލައި، އެމެރިކާ އިން ވަނީ އިތުރު ސިފައިންނާ އަސްކަރީ ހަތިޔާރާ ސާމާނު މެދު އިރުމައްޗަށް ފޮނުވާފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް ގެ ވެރިޔާ ޖެނެރަލް މިޝޭލް ކުރިއްލާ ހޯމަ ދުވަހު އިޒްރޭލަށް ދަތުރު ކުރައްވާ ގޮތައް ހަމަ ޖެހިފައިވާ ކަމަށް އެކްސިއޮސް އިން ބުނެފައިވެއެވެ. އޭގެ ބޭނުމަކީ ހަނގުރާމަ އަށް އިޒްރޭން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުމުގައި ބައިވެރިވުން ކަމަށް ޚަބަރުގައި ވެއެވެ.

އަނެއްކޮޅުން އިޒްރޭލުގެ ހައްދުފަހަނަ އެޅި ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވަނީ އިޒްރޭލަށް ހަމަލާ ދީފި ނަމަ ދައްކަން ޖެހޭ އަގު ވަރަށް ބޮޑުވާނެ ކަމަށް ބުނެ އިންޒާދު ދީފައެވެ.

ދުވަހެއް ދުވަހަކަށް މަސްރަހް ހޫނު ވަމުން ދާއިރު، ޖަޕާން އާއި ސައުދީ އަރަބިއްޔާ އާއި ފްރާންސް އާއި އެމެރިކާ އާއ އިނގިރޭސި ވިލާތުން ވަނީ އެގައުމުތަކުން ރައްޔިތުން ވަގުތުން ލުބްނާން ދޫކޮށް ފުރުމަށް އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް