Advertisement
ކ. މާލެ
|
5 އޯގަސްޓް 2024 | ހޯމަ 12:44
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން
ރާއްޖެ ބޮޑީބޯޑިން
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މާނު
މާނު ފުރުން މަނާކޮށް، މަނީ ލޯންޑަރިންގ ގެ ތަހުގީގު ފަށައިފި
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން ގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުން
އެއީ އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މަނީ ލޯންޑެރިންގެ ބައި
ޚަބަރުގެ އޯޑިއޯ

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީންގ ޑިރެކްޓަރ އަބްދުﷲ މައުމޫންގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި މައުމޫންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން ގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މަނީ ލޯންޑެރިންގެ ބައެވެ.

Advertisement

އެ މައްސަލައިގައި މިހާރުވެސް އޭނާގެ މައްޗަށްދައުވާތަކެއްއުފުލާފައިވެއެވެ. އެގޮތުން އެއީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫން އަށާއި، ޢަބްދުﷲ މައުމޫންގެ ޢާއިލީ ބައެއް ފަރާތްތަކަށް އަދި ޢަބްދުﷲ މައުމޫންއާ ގުޅުން އޮންނަކަމަށް ތުޙުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައެކެވެ.

Advertisement

Advertisement
- ކޮމެންޓް