Advertisement
ކ. މާލެ
|
5 އޯގަސްޓް 2024 | ހޯމަ 12:42
ފަލަސުރުހީ ޕްރޮގްރާމްގައި ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މިސަރުކާރުން މައުލޫމާތު ހާމަނުކުރާ މައްސަލަ
މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް މި ސަރުކާރަށް އޮތުމުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތް: ހަސަން ލަތީފް
ޝަރީއަތުން މައުލޫމާތު ހޯދާ ހިސާބަށް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، ފަރުވާއެއް ހޯދަންޖެހޭ
ރައްޔިތުން މަޑުން ތިބޭ ކަމަށްވާނަމަ އެއިރެއްގައި އޮންނަ ސަރުކާރުން އެކަމުގެ ފައިދާ ނަގާނެ
ރާއްޖޭގެ އިގްތިސާދީ ހާލަތު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ
ޚަބަރުގެ އޯޑިއޯ

ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އޮތުމުން މި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތް ކަމަށް ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހަސަން ލަތީފް ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅަށް ރައްޔިތުންނަށް އޮޅުން ފިލުވާ ނުދޭ މައްސަލައާއި، ބައެއް މައުލޫމާތުތައް ނުދީ ހިފައްޓާ މައްސަލަ އަދި ސަރުކާރުން ސިއްރު ބައެއް ކަންކުރާތީ އެކަމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ހަސަން ލަތީފް ވިދާޅުވީ ޝަރީއަތުން މައުލޫމާތު ހޯދާ ހިސާބަށް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމަށް ފަރުވާއެއް ރައްޔިތުން ހޯދަންޖެހޭ ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ މިހައްގުތައް ދިވެހި ރައްޔިތުންނަށް ހޯދާދީފައިވަނީ ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށާއި، މި ހައްގުތައް ހޯދުމަށް ކުރި މަސައްކަތްތައް މިއަދު ޒުވާނުންނަށް ނޭނގުނު ނަމަވެސް ލިބިފައިވާ ހައްގުތައް ގެއްލުނަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާވެސް ހިލާފު ކަމެއް ކަމަށާއި، މިވާހަކަތައް ދައްކަންޖެހޭ ކަމަށެވެ. މިވާހަކަތައް ނުދައްކާ ރައްޔިތުން މަޑުން ތިބޭ ކަމަށްވާނަމަ އެއިރެއްގައި އޮންނަ ސަރުކާރުން އެކަމުގެ ފައިދާ ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ އަތުގައި ކަމަށާއި، އެއްޕާޓީއަކަށް އެހައި ބޮޑު އަގުލަބިއްޔަތެއް އޮތުމުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ގޮތެއް ވެސް ނެތް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތަށް އިޝާރާތް ކުރައްވައި ހަސަން ލަތީފް ވިދާޅުވީ އެއްވެސް ކަމެއް ސިއްރުނުކޮށް ހުރިހާ ކަމެއް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުން. ދެން ރައްޔިތުން މަޖިލީހުގެ މެންބަރުންނޭ ދަންނަވާއިރުގައި އެތަނުގައި އެއޮތީ މުޅިން ވެސް ޕީއެންސީގެ ބޭފުޅުން އެނގޭތޯ. އޭގެތެރެއިން ބައެއް ބޭފުޅުން ތަންކޮޅެއް ސާފުކޮށް އެބަ ވިދާޅުވާކަން އެބަ އެނގޭ ކަންކަން ގޯސްވެދާނެކަމުގެ އިޝާރާތެއް ކުރައްވަނީ. ސާފުކޮށް ވިދާޅުވާކަށް ކެރިވަޑައިނުގަންނަވާ އެއިން ބޭފުޅަކަށް ވެސް. އެހެން ވެފައި މިހެން ވެފައި ދެން މިހެންވީމަ ދެން މިއަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ތިމަންނައަށް ލަފާ ކުރެވެނީ މިހެންވާނެ ކަމަކަށޭ. އެހެނެއް ވިދާޅުވާކަށް ނުވެސް ކެރޭ އަދިއެއް. އެހެންނަމަވެސް ވިދާޅުވޭ ރާއްޖޭގެ އިގްތިސާދީ ކަންކަން މިހާރު ހުރި ގޮތް މިހާރަށް ވުރެ ސާފުކޮށް ރައްޔިތުންނަށް ކިޔާދޭން އެބަޖެހޭ. އެހާވަރަށް އެބޭފުޅުންނަށް ކެރިވަޑައިގަންނަވަނީ ވިދާޅުވާން. އަޅުގަނޑުގެ ވާހަކައަކީ ރާއްޖެ ދަރަނި އޮތް މިންވަރާއި އެދަރަނި ދައްކަން އަދާކުރަން ސަރުކާރުން ވިސްނާފައި އޮތް ގޮތްތަކާ އަދި ދައުލަތަށް ލިބޭ އާމްދަނީއާ އަދި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއާ އަދި ލޯނުގެ ގޮތުގައި ނަގާ ފައިސާއާ ހިލޭ އެހީ ވެސް މިހުރިހާ ފައިސާއެއް މިހުރިހާ މުއާމަލާތްތައް ހިނގާ ގޮތުގެ ތަފްސީލު އެބަ އެގެންޖެހޭ މިހާރު ރައްޔިތުންނަށް. މިހާލަތުގައި އޮތް ގައުމެއް ސްރީލަންކާއަކީ. ސިލޯނު ދަރާގެން ދިޔަ ދުވަހުގެ ކުރީ ދުވަހު ވެސް ސަރުކާރުން ބުނަމުންދިޔައީ ކަންކަން ރަނގަޅޭ. އޭގެ އަނެއް ދުވަހު ދެރީ. އެހެންވީމަ ޕެޓްރޯލް ކިއު ދަމާލުމުގެ ކުރިން ސައިކަލަށް އަޅަން. އޭގެ ކުރިން އެބަ ޖެހޭ ރައްޔިތުންނަށް ކޮންމެސް ބޭފުޅަކު ނުކުމެ ވަޑައިގެން މިކަންކަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކިޔާދެއްވަން.
ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް

ހަސަން ލަތީފް ވިދާޅުވީ ރާއްޖެ ބަގުރޫޓް ވެގެންދާން ބޭނުންނުވާ ކަމަށާއި، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެވޭނީ ވެސް ގައުމުގެ ހާލަތު އެނގުމުން ކަމަށެވެ. ޑިމޮކްރެޓްސްއަކީ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރާނެ ސިޔާސީ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
6 އޯގަސްޓް 2024 | އަންގާރަ 09:49
ޒަވިޔަނި
މަޖިލިސް މެޖޯރިޓީ ނެތުމަކީ ޖަވާބުދާރީ ނުކުރެވޭނެ ހުއްްޖަތެެއްނޫން. ހަޤީޤަތަކީ ތިމާމެންގެ ޕޮޕޮއުލާރިޓީ ޤައުމުގައި ނެތްކަން! ޢެ ހަޤިޤަތް ފުރަތަމަ ޤަބޫލުކުރައްވާ!!