ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 13:06
ޓޭސްޓް މެގަޒިން
ޓޭސްޓް މެގަޒިން
ރާއްޖެއެމްވީ
ޓޭސްޓް މެގަޒިން
"ޓޭސްޓް": ކާބޯތަކެއްޗަށް ހާއްސަ މެގަޒިންއެއް
މިއީ މިގޮތަށް ނެރޭ ފުރަތަމަ މެގަޒިން

ރާއްޖެއަކީ އަމިއްލަ ތަފާތު ގިނަ ކާއެއްޗެސް ހަދާ ބައެއް ކަމަށާއި އެހެންކަމުން މިފަދަ މައުލޫމާތު ފޯރުކޮށްދިނުމަށް މެގަޒިންއެއް މާރކެޓަށް ނެރެފިއެވެ.

 

"ޓޭސްޓް" ގެ ނަމުގައި މާކޮމްއިން ނެރޭ މިފޮތަކީ މައުލޫމާތުގެ މުއްސަނދިކަން އެކުލެވޭ ފޮތެކެވެ. އެގޮތުން މެގަޒިންގެ މުޅި ކޮންޓެންޓް ބިނާކޮށްފައި ވަނީ ކާބޯތަކެއްޗާއި، ފުޑް އިންޑަސްޓްރީގެ ގިނަ މައުލޫމާތުތައް ހިމެނޭ ގޮތަށެވެ.

 

ކޮންމެ ދެ މަހުން އެއް ފަހަރު މެގަޒިންއެއް ނެރޭ ގޮތަށް ހަމަޖެހިފައިވާއިރު މިއީ ވަކި އުމުރުފުރާ އަކަށް ހާއްސަ ކޮށްފައިވާ މެގަޒިނެއް ނޫން ކަމަށް މާކޮމްސްއިން މައުލޫމާތުދިނެވެ.

 

ޓޭސްޓްގެ ދެވަނަ އިޝޫ މިއޮގަސްޓް މަހުގެ ފަހުކޮޅު ނިކުންނާނެއެވެ. އަދި މި މެގަޒިންގައި ފުޑް އިންޑަސްޓްރީ އާއި ގުޅުން ހުރި ކޮންމެ މައުލޫމާތެއް ވެސް ހިމަނާލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

 

މިއީ އާންމުކޮށް ހުންނަ މެގަޒިންތަކަށް ވުރެ ބޮޑަށް ނޫސް މަޖައްލާއެއް ގޮތަށް ނެރޭ މެގަޒިންއެއް ކަމަށާއި މިއީ ކާބޯތަކެއްޗަށް ހާއްސަކޮށް ޕްރިންޓް ކޮށްގެން ނެރޭ ފުރަތަމަ މެގަޒިންއެވެ.

 

ނޮން ވުޑް ޕޭޕަރއިން ނެރޭ މި މެގަޒިންގައި އާރޓިސްޓުންނަށް ވުރެ ރަނގަޅު ފުރުޞަތުތަކެއް ވަނީ ހުޅުވާލާފައެވެ. އަދި މި މެގަޒިންގެ ލޭއައުޓްއަކީ ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން މެގަޒިން ނެރޭއިރު ބަލާ ކަމެއް ކަމަށް މާކޮމްސްއިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް