ކ. މާލެ
|
4 އޯގަސްޓް 2024 | އާދީއްތަ 13:24
އެލެގްރާ ބެހުގެ ފޮޓޯ އެއް
އެލެގްރާ ބެހުގެ ފޮޓޯ އެއް
ގޫގުލް
އެލެގްރާގެ 3 ބެޗެއް މަނާކުރުން
އެލެގްރާގެ 3 ބެޗެއް ވިއްކުން މަނާކޮށްގި
އެ ބޭސް ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އިދާރާ އަށް އީމެއިލް މެދުވެރިކޮށް އެންގުމަށް އެދިފަވޭ
އެފްޑީއޭ އިން ވަނީ އެ ތިން ބެޗް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފަ

އެލެގްރާގެ ބައެއް ބެޗްތަކުގައި ކޮލިޓީގެ މައްސަލައެއް ދިމާވެފައިވާތީ އެ ބެޗްގެ ބޭސްތައް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

އެކަން ހާމަކޮށް އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ އެލެގްރާ 30 އެމްޖީ/ 5 އެމްއެލް ބޭހުގެ ތިން ބެޗެއްގައި ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.

އަދި އެކަމާއި ގުޅިގެން އެ ބޭސް އުފައްދާފައިވާ ކުންފުނިން އެލާޓެއް ނެރެފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މައްސަލަ ދިމާވެފައިވާ ތިން ބެޗަކީ:

  1. އޭއެލް 123019
  2. އޭއެލް 1223029
  3. އޭއެލް 1223060

އެފްޑީއޭ އިން ވަނީ އެ ތިން ބެޗް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައެވެ.

އެ އިދާރާއިން ވަނީ އެ ބޭހުގެ ބެޗްތައް ފާމަސީ ބޭސް ގުދަނެއް ނުވަތަ އެ ނޫންވެސް ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އިދާރާ އަށް އީމެއިލް މެދުވެރިކޮށް އެންގުމަށް އެދިފައެވެ.

- ކޮމެންޓް