Advertisement
ކ. މާލެ
|
4 އޯގަސްޓް 2024 | އާދީއްތަ 01:37
މުހައްމަދު ރަޝީދު ހުސައިން
މުހައްމަދު ރަޝީދު ހުސައިން
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
މަޖިލީހުން ފެންނަނީ އިޚުލާސްތެެރިކަމެއް ނެތް ބަޔަކަށް ސުޕަރމެޖޯރިޓީ ލިބުނީމަ ވާނެ ގޮތް - ބިގޭ
ބައެއް ސިޔާސީ ބޭފުޅުން 20 ވަނަ މަޖިލީހަކީ ވަނދު މަޖިލީހެއްގެ ގޮތުގައި ސިފަކުރަމުންދާ ކަމަށް އޭނާ ވިދާޅުވި
ބާރުވެރިކަން އެއްކުރަން މަސައްކަތް ކުރުމަކީ ޑީއާރުޕީ، ޕީޕީއެމްގެ އަދި ޕީއެންސީގެ ފިކުރުގެ ވެރިކަމެއް އަންނަ އިރު ފެންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި

މިހާރު މަޖިލީހުން ފެންނަނީ އިޚުލާސްތެރިކަމެއް ނެތް ބަޔަކަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމުން ވާނެ ގޮތް ކަމަށް މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement

ބާރުވެރިކަން އެއްކުރަން މަސައްކަތް ކުރުމަކީ ޑީއާރުޕީ، ޕީޕީއެމްގެ އަދި ޕީއެންސީގެ ފިކުރުގެ ވެރިކަމެއް އަންނަ އިރު ފެންނަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އިސްލާހީ މަސައްކަތްތައް ފެށީއްސުރެ އެމްޑީޕީން ވަކާލާތު ކުރަނީ އެއާއި އިދިކޮޅަށް ކަމަށާއި އެމްޑީޕީން ވަކާލާތުކުރަނީ ބާރުތައް ދޫކޮށްލާފައި އޮތުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ފެނިގެންދަނީ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންކަން ނިންމަމުންދާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުން ޒިންމާދާރު މަސައްކަތްތަކެއް ކުރާ މަންޒަރު ނުފެންނަ ކަމަށާއި އާއްމުން ކަންބޮޑުވަނީ އެ ސަބަބާއި ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސަބަބާއި ހުރެ ބައެއް ސިޔާސީ ބޭފުޅުން 20 ވަނަ މަޖިލީހަކީ ވަނދު މަޖިލީހެއްގެ ގޮތުގައި ސިފަކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ރައްޔިތުންނަށް ކަންބޮޑުވާނެ ކަމެއް. ބާރުތައް އެއްކުރަން މަސައްކަތް ކުރޭ. އެކަން އެބަ ފެނޭ. ކޮމިޓީއަކަށް ކަމެއް ހުށަހެޅުނަސް އެއް ބޭފުޅެއް ހުށަހަޅުއްވާނެ. އަނެއް ބޭފުޅަކު ތާއީދު ކުރައްވާނެ. ދެން ދާނީ ވޯޓަށް. ބޭނުންވާ ކަމެއް ކުރުމުގެ ނިޔަތުގައި އެކަން ކުރާތަން ފެންނަނީ. ރައްޔިތުންނަށް ފައިދާވާނެ ކަމެއް ނުކުރައްވާ. ބިނާކުރުވަނިވި ވާހަކަ އެއް ނުދައްކަވާ.
އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން

މި ސަރުކާރުން ބޭނުންވެގެން މަޖިލިސް މެދުވެރިކޮށް ކުރީގެ ގަވަރނަރ އަލީ ހާޝިމް ވަކި ކުރީވެސް ސިޔާސީ ގޮތުން ބޭނުންވާ ވަކި މަޤްސަދުތަކެއް ޙާސިލްކުރުމަށްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ހާޝިމް މަޤާމުން ވަކި ކުރީ ސަރުކާރުން ބޭނުންވާހާ ކަމަކަށް އާނ ބަސް ވިދާޅުވާނެ ބޭފުޅަކަށް ހާޝިމް ވެވަޑައި ނުގަންނަވާނެތީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޚަރަދު ކުޑަކުރުމުގެ ވިސްނުމުގައި އެކަނި ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމާއި މެމްބަރުންގެ އަދަދު މަދުކުރަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޤާނޫނު އަސާސީ އަށް ގެންނަ އިސްލާހުތައް ގެންނަންވާނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
6 އޯގަސްޓް 2024 | އަންގާރަ 18:57
ެިއިއްބެ
ހިތައް ތަދުވާނެއެވެ.