Advertisement
ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 07:24
ވެހިކަލްތަކަށް ގެއްލުންވާ ގޮތައް ޓޯ ކުރާތީ ހިތްހަމަ ނުޖެހުން ފާޅުކޮށް މުޒާހަރާ ކުރަނީ
ވެހިކަލްތަކަށް ގެއްލުންވާ ގޮތައް ޓޯ ކުރާތީ ހިތްހަމަ ނުޖެހުން ފާޅުކޮށް މުޒާހަރާ ކުރަނީ
ރާއްޖެއެމްވީ
ވެހިކަލް ޓޯ ކުރާ މައްސަލަ
ޓްރާންސްޕޯޓް މިނިސްޓަރ އަމީންގެ އިސްތިއުފާ އަށް ގޮވާ މާލޭގައި މުޒާހަރާ ކޮށްފި
ވެހިކަލް ޕާކިން އާ ބެހޭ އެއްވެސް ވައުދެއް ނުފުއްދާ ވެހިކަލްތައް ޓޯ ކުރަމުން ދިއުން ބަލައެއް ނުގަނެވޭ
އަގުބޮޑު މުދާ ޓޯ ކޮށްގެން ގެންދާ އިރު އެތަކެއްޗަށް ބޮޑެތި ގެއްލުން ލިބޭ
ސަަރުކާރުން ޓެކްސީ ފްލީޓެއް އުފައްދަން އުޅެނީ ޓެކްސީ ކޮމިއުނިޓީ ފުނޑާލަން

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީންގެ އިސްތިއުފާ އަށް ގޮވާ މާލޭގައި ހުކުރު ވިލޭރޭ މުޒާހަރާ ކޮށްފިއެވެ.

މާލޭގެ މަގުތަކުން ގިނަ އަދަދެއްގެ ވެހިކަލް ޓޯ ކުރަމުންދާ މައްސަލައިގައި ހިތް ހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން މުޒާހަރާ ކުރި މީހުން ބުނެފައިވަނީ ސަރުކާރުން ވެހިކަލްތައް ޓޯ ކުރުމަންދަނީ އެތަކެއްޗަށް ގެއްލުންވާ ގޮތައް އެތަކެތި ނެގުމަށް ފުރުސަތެއް ނުދީ ކަމަށެވެ.

ސަރުކާރުން ވެހިކަލްތަކާ މެދު ކަންކުރަމުންދާ ގޮތާ މެދު ނުރުހުން ފާޅު ކޮށް މުޒާހަރާ ކުރި މީހުންގެ ތެރޭގައި، ޓެކްސީ ޑްރައިވަރުންނާއި، ރޭސިންގ ކޮމިއުނިޓީގެ މެމްބަރުންނާއި، އާންމުން ބައިވެރިވެފައިވެއެވެ.

މުޒާހަރާގެ ބައިވެރިއަކު ރާއްޖެޓީވީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ސަރުކާރުން ވެހިކަލްތައް ޓޯ ކުރަމުންދަނީ ޕާކު ކުރާނެ އެއްވެސް ތަނެއް ނުދައްކާ ކަމުގައެވެ. އަދި ބައެއް ވެހިކަލްތައް ޓޯ ކުރަނީ ޕާކިންގ ގައި ހުއްޓާ އެއްވެސް އެންގުމަކާ ނުލައި ކަމަށާއި ވެހިކަލްތައް ޓޯ ކުރާ އިރު އެތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންވެ ހަލާކު ވެފައި ހުންނަ ކަމަށެވެ.

"ޓޯ ކޮށްގެން ގެންގޮސް އަގު ބޮޑު މުދާ ހަލާކު ކުރަމުން ގެންދަނީ،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

Advertisement

ސަރުކާރު އައި އިރުގައި ރައްޔިތުންނަށް ވަމުން އައި ވައުދުތަކުގެ ތެރޭގައި ޕާކިން ޒޯން ދެއްކުމާއި، ޕާކިން އިމާރާތް އެޅުމާއި އަދި ގަރާޖު ސިޓީ އާ ނުލައި ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ ގޮތް ހަދައިދިނުން ހިމެނޭ ކަމަށް މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

"މީން އެއްވެސް ކަމެއް މި ސަރުކާރުން ނުކޮށް، މަގުމަތި ތަރުތީބު ކުރުމެއް ނެތި، ދުއްވާނެ މާހައުލެއް ގާއިމް ނުކޮށްދީ، ގަރާޖު ސިޓީއެއް ލިބޭނެ ގޮތެއް މަގުފަހި ނުކޮށްދީ، ޒުވާނުންގެ ކާރުތައް ފޯކްލިފްޓް ޖަހާފައި ޓޯ ކޮށްގެން ގެންދަނީ،" މުޒާހަރާ ކުރަން ޖެހުނު ސަބަބު ކިޔައިދެމުން ބައިވެރިއަކު ބުންޏެވެ.  

މުޒާހަރާގެ ބައިވެރިން ބުނި ގޮތުގައި ސަރުކާރުން ކަންކަން ހައްލު ކުރުމުގެ ނަމުގައި މަގުމައްޗަށް ނުކުންނަން ވާނީ ރަނގަޅު ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅާފައި އޭގެ ފަހުގައި ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުން ޓެކްސީ ކުރަން އުޅޭ މައްސަލައިގައިވެސް ނުރުހުން ފާޅު ކޮށްފައެވެ. އެމީހުން ބުނި ގޮތުގައި އެއީ ސަރުކާރުން ޓެކްސީ ކޮމިއުނިޓީ "ފުނޑާލަން" ކުރާ ކަމެކެވެ.

މުޒާހަރާ ކުރި މީހުން ބުނީ އެމީހުންގެ ކަންބޮޑުވުން ތަކަށް ހައްލު ނުހޯދައިދޭނަމަ އަދި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން ހުއްޓާނުލާ ނަމަ މުޒާހަރާތައް ވެސް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް