ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 08:39
އެންޑީ މަރީ
އެންޑީ މަރީ
ގޫގުލް
ޮޮއޮލިމްޕިކްސް
އޮލިމްޕިކްސްގައި ބަލިވުމުން، އެންޑީ މަރީ ކުޅުން ހުއްޓާލައިފި
އޮލިމްޕިކްސް އިން ބަލިވުމުން ގްރޭޓް ބްރިޓަންގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އެންޑީ ބަރޮން މަރީ ކުޅުން ހުއްޓާލައިފި އެވެ.

އޮލިމްޕިކްސް އިން ބަލިވުމުން ގްރޭޓް ބްރިޓަންގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އެންޑީ ބަރޮން މަރީ ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން މިހާރު 37 އަހަރުގެ ކުޅުންތެރިޔާ ޑަބަލްސް އިވެންޓުން ބުރާސްފަތި ދުވަހުގެ ރޭ ބަލިވީ އެމެރިކާގެ ދެ ކުޅުންތެރިން އަތުންނެވެ.

މަރީ އަކީ ޓެނިހުގެ ދުނިޔޭގައި އެންމެ ވިދުންގަދަ އެއް ތަރި އެވެ. އޭނާ ވަނީ ޔޫއެސްއޯޕަން ޓެނިސް މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އެއީ 2012 އަދި 2013ވަނަ އަހަރު އެވެ. މީގެ އިތުރުން އޭނާ ވަނީ ވިމްބަލްޑަން 2016 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ.

އެންޑީ މަރީ - ގޫގުލް

މި މުބާރާތުގެ ކުރިން އޭނާ ވަނީ ދެ ފަހަރެއްގެ މަތީން އޮލިމްޕިކްސްގައި މެޑަލް ހާސިލްކޮށްފަ އެވެ. ކެރިއަރުގައި އޭނާ ވަނީ 46 އޭޓީޕީ ތައްޓާއެކު 739 ސިންގަލްސް މެޗު ކާމިޔާބުކޮށްފަ އެވެ.

2005 ވަނަ އަހަރު ޓެނިސް ކެރިއަރު ފެށި ކުޅުންތެރިޔާ ބުނީ ކޮންމެ ކަމަކަށް ވެސް ވަގުތެއް ކަނޑައެޅިފައި އޮންނަ ކަމަށާއި މި ފަހަރުގެ އޮލިމްޕިކްސް އަށް ފަހު ކުޅުން ހުއްޓާލަން ކުރިން ވެސް ނިންމައިގެން ހުރި ކަމަށެވެ. ސަބަބަކީ އުމުރު މަތިވެ، ފިޓްނަސް ހިފަހައްޓަން އުނދަގޫވުން ކަމަށެވެ. އަދި ތައްޓަށް ވާދަނުކުރެވޭ ކުޅުންތެރިއެއްގެ ގޮތުގައި ހުންނަން ބޭނުންނުވާ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އަރަމުން އަންނަ ތަރިންނަށް ކޯޓު ދޫކޮށްލުން ކަމަށެވެ.

- ކޮމެންޓް