ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 08:36
ނަޑާލް އާއި އަލްކަރާޒް (ކ) ބަލިވުމުން ދެރަވެފައި
ނަޑާލް އާއި އަލްކަރާޒް (ކ) ބަލިވުމުން ދެރަވެފައި
ގޫގުލް
އޮލިމްޕިކްސް
ޓީމުން އިވެންޓުން ވެސް ކަޓައި، ނަޑާލް އަށް އޮލިމްޕިކްސް ނިމިއްޖެ
ސްޕޭނުގެ މަޝްހޫރު ދެ ޓެނިސް ކުޅުންތެރިން ކަމަށްވާ ކާލޮސް އަލްކަރާޒް އާއި ރަފައެލް ނަޑާލް ޓީމު އިވެންޓުން ކަޓައިފި އެވެ.

ސްޕޭނުގެ މަޝްހޫރު ދެ ޓެނިސް ކުޅުންތެރިން ކަމަށްވާ ކާލޮސް އަލްކަރާޒް އާއި ރަފައެލް ނަޑާލް ޓީމު އިވެންޓުން ކަޓައިފި އެވެ.

މިއާއެކު މި ފަހަރުގެ އޮލިމްޕިކްސް ނަޑާލް އަށް ނިންމާލަން މި ޖެހުނީ ހުސްއަތާ އެވެ. އެއީ އޭނާ ވާދަކުރި އިންޑިވިޖުއަލް ކެޓަގަރީން ވެސް ބަލިވެފައިވާތީ އެވެ. ނަމަވެސް އަލްކަރާޒް އިންޑިވިޖުއަލް އިވެންޓްތަކުގައި އަދި ކުރިއަށްދާން ވަނީ ފުރުސަތު ލިބިފަ އެވެ.

ނަޑާލް ސިންގަލްސް އިވެންޓުން ކެޓީ އަންގާރަ ދުވަހު އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ނޮވަކް ޖޮކޮވިޗާ ބައްދަލުކޮށް ސީދާ ދެ ސެޓުންނެވެ. މި ނާކާމިޔާބީ އަށް ފަހު ނަޑާލް ބުނީ ފާއިތުވެދިޔަ ދެ އަހަރު އޭނާ ހޭދަކުރީ ވަރަށް ބޮޑު އަނިޔާތަކެއްގައި ކަމަށާއި މުބާރާތުގައި ރަނގަޅު ވާދައެއް ނުކުރެވުނީ މިހެންވެ ކަމަށެވެ.

އަދި އޮލިމްޕިކްސް އަށް ފަހު ރިޓަޔާ ކުރުމާމެދު ވިސްނާނެ ކަމަށާއި އޭނާ އަށް މުބާރާތްތަކުގެ ތައްޓަށް ވާދަނުކުރެވޭނަމަ ކުޅުން ކުރިއަށް ނުގެންދާނެ ކަމަށެވެ.

ނަޑާލް އަކީ ދުނިޔެދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް މީގެ 20 އަހަރުކުރިން އޭނާ ފެށި ކެރިއަރުގައި މިހާރު އުމުރުން 38 އަހަރުވެފައިވާއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަވަސް އަވަހަށް އިންޖަރީވެ، މުޅިން ރަނގަޅުވާން ގިނަ ދުވަސް ނެގުމެވެ.

ފްރެންޗް އޯޕަން ޗެމްޕިއަންކަން 14 ފަހަރު ހޯދާފައިވާ ކުޅުންތެރިޔާ ބުނީ އޭނާގެ ސަޕޯޓަރުންނަށް އޭނާ އަކީ ވާދަނުކުރެވޭ ކުޅުންތެރިއެއްގެ ގޮތުގައި ފެނުމަށް ބޭނުންނުވާ ކަމަށެވެ.

- ކޮމެންޓް