ކ. މާލެ
|
31 ޖުލައި 2024 | ބުދަ 11:02
މިސުރުގެ ފެންސާ ނަދާ ހާފެޒް
މިސުރުގެ ފެންސާ ނަދާ ހާފެޒް
ގޫގުލް
އޮލިމްޕިކްސް
ބަނޑަށް ހަތް މަހުގައި ކެޓީ ގަދަ 16ން
މިސުރިގެ ފެންސާ ނަދާ ހާފެޒް މާބަނޑުވެ އިނދެ، ބަނޑަށް ހަތް މަހުގައި އޮލިމްޕިކްސްގެ ގަދަ 16ގައި ވާދަކޮށް މުބާރާތް ނިންމާލައިފި އެވެ.

މިސުރިގެ ފެންސާ ނަދާ ހާފެޒް މާބަނޑުވެ އިނދެ ބަނޑަށް ހަތް މަހުގައި އޮލިމްޕިކްސްގެ ގަދަ 16ގައި ވާދަކޮށް މުބާރާތް ނިންމާލައިފި އެވެ.

އޭނާ ގަދަ 16 އަށް ދިޔައީ އެމެރިކާގެ އެލިޒަބަތު ޓާޓަކޮވްސްކީ ބަލިކޮށްފަ އެވެ. އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ މެޗު ގެންދިޔައީ 15-13އިންނެވެ.

އަންހެނުންގެ އިންޑިވިޖުއަލްގައި އިއްޔެ އޭނާ މުބާރާތާ އަލްވަދާއުކީ ދެކުނު ކޮރެޔާގެ ޖޯން ހަޔަންގް އަތުން 15-7 އިން ބަލިވެގެންނެވެ. އެއަށްފަހު ރޮމުން ރޮމުން ބުނީ މި މެޗުގައި ވާދަކުރީ އެ ދެކުޅުންތެރިން އެކަނި ނޫން ކަމަށެވެ. އޭނާ މާބަނޑުވެ އިންކަން އިއުލާނުކުރީ މެޗަށް ފަހު އިންސްޓަގްރާމް އެކައުންޓްގަ އެވެ.

"މެޗުގައި ސަޕޯޓަރުންނަށް ތިޔަ ފެނުނީ ދެ ކުޅުންތެރިން. އެކަމަކު މިތަނުގައި ތިން ކުޅުންތެރިންވޭ. އެއީ އަހަރެންނާއި އަހަރެންގެ ވާދަވެރިޔާ އާއި އަހަރެންގެ އުފަންވާން އުޅޭ ތުއްތު ދަރިފުޅު،"
މިސުރުގެ ފެންސާ ނަދާ ހާފެޒް ބުންޏެވެ.

އޭނާ ބުނީ ދުނިޔޭގެ އެންމެނަށް މި ވާހަކަ ހިއްސާކުރަނީ އުފަލާއެކު ހުރެ ކަމަށާއި އޭނާގެ ހާލަތުހުރި ގޮތުން ގަދަ 16 އިން ޖާގަ ލިބުމަކީ ވެސް ހާއްސަ ކަމެއް ކަމަށެވެ.

"މިއީ އަހަރެންގެ ތިން ވަނަ އޮލިމްޕިކްސް. މި މުބާރާތް ވަރަށް ހާއްސަ. މިފަހަރު މި ކުޅުނީ ކުޑަކުޑަ އޮލިމްޕިއަނެއް ވެސް ގޮވައިގެން،"
މިސުރުގެ ފެންސާ ނަދާ ހާފެޒް ބުންޏެވެ.
މިސުރުގެ ފެންސާ ނަދާ ހާފެޒް (ވ) ދެ ވަނަ ބުރުގައި ކުޅެނީ - ގޫގުލް

މިއާއެކު ސޯސަލް މީޑިއާގައި އޭނާ އަށް ދަނީ ތައުރީފް އޮހެމުންނެވެ. ގިނަ ބަޔަލު ބުނަމުންދަނީ މާބަނޑުވުމުން އުފުލަންޖެހޭ ވޭނާއެކު އޭނާގެ ޕްރޮފެޝަން އެކުއެކީގައި ކުރިއަށް ގެންދިއުމަކީ ވަރަށް ހިތްވަރުގަދަ ކަމެއް ކަމަށާއި ނަދާ އަށް އޮތީ ތައުރީފް ކަމަށެވެ. އަދި އެއް ބަޔަކު ވަނީ އޭނާ އަށް ހާއްސަ މެޑެއްޔެއް ދިނުމަށް ވެސް ގޮވާލަމުންނެވެ.

މިސުރުގެ ކައިރޯ ޔުނިވަރސިޓީން މެޑިސިންގެ ރޮނގުން ޑިގްރީ ހާސިލްކޮށްފައިވާ ނަދާ އަކީ އެ ގައުމުގެ ޖިމްނާސްޓިކް ޗެމްޕިއަންސް ވެސްމެ އެވެ. އޭނާ ގައުމީ ޓީމަށް ކުޅެން ފެށީ 2015އިން ފެށިގެންނެވެ.

- ކޮމެންޓް