ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 18:28
މަގުމަތީގައި ވެހިކަލްތައް ދުއްވަނީ
މަގުމަތީގައި ވެހިކަލްތައް ދުއްވަނީ
ރާއްޖެއެމްވީ
ޓެކްސީގެ ޚިދުމަތް
އަމިއްލަ ވިޔަފާރިވެރިން ނަގާ ކޮޅަށް ޖެހި ޓެކްސީ ވިޔަފާރީގެ ފޮނިކަން ހޯދަން ސަރުކާރުން ނުކުންނަނީ!
މާލޭގައި ޓެކްސީގެ ޚިދުމަތް ބޮޑު އަގުގައި ފޯރުކޮށްދިނުމަކީ ދިގު މުއްދަތެއް ވަންދެން ދިމާވަމުންދާ މައްސަލައެކެވެ.

ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ނިންމިކަން ސަރުކާރުން އާއްމުކުރުން ވެގެން ދިޔައީ އެ ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ވިޔަވާރިވެރިންނަށް ލިބުނު މާޔޫސްކަމަކަށެވެ. ޓެކްސީ ލައިންގެ ހިދުމަތަކީ ޓްރާންސްޕޯޓް މިނިސްޓްރީން އިފްތިތާހް ކުރި "މާލެ ފަހި ޕްރޮގްރާމް"ގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު މިކަން ވެގެންދިޔައީ ޓެކްސީ ޑައިވަރުންގެ އިންތިހާ ނުރުހުން އޮތް މައްސަލައަކަށެވެ.

މިކަމަށް ސަބަބެއްގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ދައްކަނީ ބޭރު ޤައުމުތަކުގެ މިސާލެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރަމުން ގެންދާގޮތަށް، ޒަމާނީ، ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުރުބާރު ހިފޭ ޓެކްސީ ލައިނެއް ތައާރަފްކުރަނީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. އަދި މި ހިދުމަތް ދިނުމަކީ މުހިއްމު ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ. ކަން މިހެން އޮތް އޮތު ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނަމުން ދަނީ ސަރުކާރުން ތަޢާރަފުކުރާ ޓެކްސީތަކުގެ 25 އިންސައްތަ ހިއްސާކުރާނީ އިލެކްޓްރިކް އުޅަނދުތައް ކަމަށެވެ. މި ޓެކްސީތައް ދުއްވާނީ ފްރީލާންސް އުސޫލުން މަސައްކަތްކުރަން ޝައުޤުވެރިވާ ޒުވާނުން ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން މި ޚިދުމަތާ ގުޅިގެން ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއްވެސް ތަޢާރަފުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، މި ޚިދުމަތް ފެށޭނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި އައު ޚިދުމަތް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ޒަމާނީ ޚިދުމަތެއް ދިނުމެވެ. އަދި ސަލާމަތްތެރި އަދި އިތުބާރުހުރި ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މި ހިސާބަށް ވާސިލުވުމުގައި ތަރައްޤީވެފައިވާ ޤައުމުތަކުގެ ނަމޫނާ ބޭނުންކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މާލޭގައި ޓެކްސީގެ ޚިދުމަތް ބޮޑު އަގުގައި ފޯރުކޮށްދިނުމަކީ ދިގު މުއްދަތެއް ވަންދެން ދިމާވަމުންދާ މައްސަލައެކެވެ. މީގެ އަނެއް ފަޅިއަކީ ނުކަތާ ވަރަށް މީހުން ގިނަ ވެފައިވާ މާލޭގެ ދަތުރުފަތުރުގެ ނިޒާމެއް އެކުލަވާލީ އާއްމު ރައްޔިތުންގެ ޖީބުން ޚަރަދުކޮށްގެންނެވެ. މާލެ ސަރަޙައްދުގެ އެކި ހިސާބުތަކަށް ދަތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް މިއަދު ހުއްޓެއް ކަމަކު މި ހިސާބަށް ޓެކްސީ ވިޔަފާރި ގެނައީ އަމިއްލަ މީހުންގެ މަސައްކަތުންނެވެ. މަތީ އަގުގައި ދަތުރުކުރާ މައްސަލަ ރައްޔިތުން އަބަދުވެސް ފާހަގަކުރަމުން އައިސްފައިވެއެވެ. އެކަން ހައްލުކޮށްދޭންވީއެވެ. އެހެންނަމަވެސް ސަރުކާރުން އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ވަނުމުން އަމިއްލަ ވިޔަފާރިވެރިންގެ ވިޔަފާރިވެރިންގެ ވިޔަފާރިއަށް ވާނެ ގޮތަކާއި މެދު ވިސްނާލުން މުހިންމެވެ.

މިއީ އެތައް ޓެކްސީ ޑްރައިވަރުންނެއް ބިކަ ވެގެންދާނެ ކަމެކެވެ. އުފަލެއްގެ ގޮތުގައި ދެކެމުން އައި މިނިވަން ޓެކްސީ ވިޔަފާރި އަށް ހިޔަނި އެޅިގެން ދަނީއެވެ. ސަރުކާރުން މި ވިޔަފާރިތެރެއަށް ވަނުމަކީ ޓެކްސީ ޑްރައިވަރުން ސިފަކުރާގޮތުން ޓެކްސީ ޑްރައިވަރުން މަގުމަތިކޮށްލުމެވެ. އަދި މިއީ މި ދާއިރާ އަނދަވަޅަކަށް ވައްޓާލުމެވެ. ހަމައެހެންމެ މިކަމުގެ ނޭދެވޭ އަސަރު ދިވެހި އެތައް އާއިލާ އަކަށް ކުރާނެކަން ޔަޤީނެވެ. މިއީ މިދާއިރާގެ އިގްތިސާދަށާޢި މުސްތަޤްބަލަސް މިއަދުގެ ސަރުކާރުން ދޭ ހަމަލާއެއް ކަމަށް ސިފަކުރާ މީހުން ވެސް މަދެއް ނޫނެވެ. އަމިއްލަ ވިޔަފާރިވެރިން ނަގާ ކޮޅަށް ޖެހި ޓެކްސީ ވިޔަފާރީގެ ފޮނިކަން ހޯދަން ސަރުކާރުން ނުކުތުމާއި ޓެކްސީ ޑްރައިވަރުން ވެސް ވިޔަފާރިވެރިންވެސް ދެކޮޅެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް