Advertisement
ކ. މާލެ
|
29 ޖުލައި 2024 | ހޯމަ 13:13
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން
ރާއްޖެއެމްވީ
އަރަބިއްޔާ ސްކޫލް
އޮޅުވާނުލައި، އަރަބިއްޔާ ސްކޫލަށް ބިމެއް ނުލިބޭނަމަ އެކަންވެސް ހާމަ ކުރައްވާ، ނޫނީ މަސައްކަތް އަވަހަށް ނިންމަވާ: އިހުސާން
ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ ކުރީގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށި
'ހަފުތާ 14'ގައި އެ ސްކޫލުގެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުން ހިމަނާފައިވޭ

އަރަބިއްޔާ ސްކޫލަށް ބިމެއް ނުލިބޭނަމަ އެކަންވެސް ހާމަ ކުރައްވައި، ނޫނީ ބިމެއް ލިބިފައިވާނަމަ އެ ސްކޫލުގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން ގޮވާލައްވައިފިއެވެ.

ޢަރަބި ބަހުން ތަޢުލީމު ފޯރުކޮށްދޭ ރާއްޖޭގޭ އެންމެ މުހިންމު އެއް މުއައްސަސާ އަކީ، ޢަރަބިއްޔާ ސްކޫލުކަން ފާހަގަ ކުރައްވައި އިހުސާން ވިދާޅުވީ، އެ ސްކޫލްގެ އާ ޢިމާރާތް އެޅުމަށް ކުރީ ސަރުކާރުން ކުރި މަސައްކަތައް ހުރަސް އެޅުއްވީ މާލޭ މޭޔަރުކަމުގައި ހުންނަވައި ރައީސް މުއިއްޒު ކަމަށެވެ.

އިހުސާން ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރީގެ ކުނިކޮށި ހުރި ބިމުގައި އެ ސްކޫލްގެ އާ ޢިމާރާތް އަޅަނީކަމަށް ވިދާޅުވެ އެތަނަށް ތަޢުލީމީވަޒީރު އިސްމާއިލް ޝަފީއު ވަޑައިގެންނެވި ކަމަށެވެ.

އަދި މަސައްކަތުގެ ބިންގާއެޅުމަށާއި، މަސައްކަތް ހިނގާނުހިނގާ ގޮތް ބެލުމަށް ދަރިވަރުންނާއި އެކު ފޮނުއްވައި، އެވާހަކަ ޓްވީޓު ކުރުވީވެސް ރައީސް މުއިއްޒުކަމަށް އިހުސާން ވިދާޅުވިއެވެ.

Advertisement

އެހެންނަމަވެސް އަދި އެތަނުގައި އެ ޢިމާރާތުގެ އެއްކަމެއްވެސް ނުހިނގާކަން އިހުސާން ފާހަގަ ކުރެއްވިއެވެ. އެގޮތުން ވެރިކަމަށް 8 މަސްވީއިރު މިކަމުގައިވެސް އޮޅުވާލުން ނޫންކަމެއް ނެތްކަން ފާހަގަ ކުރައްވައި އިހުސާން ވަނީ އެ ޒާތުގެ ކަންކަން ކުރުން ހުއްޓާލައި އެންމެ ކުޑަމިނުން މިކަމުގައި ތެދުވެރިވެ މަސައްކަތް ބާރަށް ކުރިޔަށްގެންގޮސް މި ޢިމާރަތް ނިންމައިދިނުމަށް ގޮވާލައްވާފައެވެ.

ހަމައެއާއެކު، އޮޅުވާނުލައްވައި އެ ބިން މިނިސްޓްރީ އަށް ނުލިބޭނަމަ އެވާހާކާވެސް ވިދާޅުވާން ޖެހޭނެކަން އިހުސާން ފާހަގަ ކުރެއްވިއެވެ.

އަރަބިއްޔާ ސްކޫލް އަޅާނެ ބިން ކަނޑައަޅުއްވައި 'ހަފުތާ 14' ގައި އަމަލީ މަސައްކަތް ފެށްޓެވުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ ކުރީގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންކަން ޕްލޭންކޮށް ތައާރަފު ކުރި 'ހަފުތާ 14'ގައި އެ ސްކޫލުގެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުން ހިމަނާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް