ކ. މާލެ
|
28 ޖުލައި 2024 | އާދީއްތަ 17:39
 މޮސްކޯގައި 2022 ވަނަ އަހަރު ޔޫކްރެއިންގެ ސަރަހައްދުތަކުގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ރަޝިއާގެ ރައީސް ޕުޓިން ބައިވެރިވެވަޑައިގަންނަވަނީ
މޮސްކޯގައި 2022 ވަނަ އަހަރު ޔޫކްރެއިންގެ ސަރަހައްދުތަކުގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ރަޝިއާގެ ރައީސް ޕުޓިން ބައިވެރިވެވަޑައިގަންނަވަނީ
ރޮއިޓާސް
ޖަރުމަނުގައި މިސައިލް ބަހައްޓާ މައްސަލަ
ޖަރުމަނުގައި އެމެރިކާއިން ދުރުރާސްތާ މިސައިލް ބަހައްޓާ މައްސަލައިގައި ރަޝިއާގެ ރައީސް އެމެރިކާ އަށް އިންޒާރު ދެއްވައިފި
ޖަރުމަން ވިލާތާއި އެމެރިކާ އިން ހުސްވި މަހު ހާމަ ކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރު އެމެރިކާގެ ދުރު ރާސްތާ މިސައިލް ޖަރުމަނުގައި ގާއިމް ކުރަން ފަށާނެއެވެ.
ޚަބަރުގެ އޯޑިއޯ

ޖަރުމަނުގައި އެމެރިކާއިން ދުރުރާސްތާ މިސައިލް ބަހައްޓާ މައްސަލައިގައި ރަޝިއާގެ ރައީސް އެމެރިކާ އަށް އިންޒާރު ދެއްވައިފިއެވެ.

ރަޝިއާގެ ރައީސް ވުލެޑިމިއަރ ޕުޓިން ވިދާޅުވީ، އެމެރިކާ އިން ޖަރުމަނުގައި ދުރު ރާސްތާ މިސައިލް ބަހައްޓާނަމަ ރަޝިއާ އިންވެސް އެ ފަދަ މިސަލައިތައް ހުޅނގުގެ ގައުމުތަކަށް ފޯރާ ހިސާބުގައި ބަހައްޓާނެ ކަމުގައެވެ.

ޖަރުމަން ވިލާތާއި އެމެރިކާ އިން ހުސްވި މަހު ހާމަ ކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރު އެމެރިކާގެ ދުރު ރާސްތާ މިސައިލް ޖަރުމަނުގައި ގާއިމް ކުރަން ފަށާނެއެވެ. އެމެރިކާ އިން މިކަން ކުރަނީ ނޭޓޯގެ މެމްބަރުގެ ގައުމުތަކުގެ ސަލާމަތައް އެމެރިކާ އިން ވެފައިވާ ވައުދާ އެއް ގޮތައް ކަމަށްވެސް ބުނެފައިވެއެވެ.

ރަޝިއާ ގެ ނޭވީ ޑޭ ފާހަގަ ކުރުމުގެ ގޮތުން ސެއިން ޕީޓަސްބާގް ގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، އެމެރިކާ އިން މަސައްކަތް ކުރަނީ ފިނި ހަނގުރާމައިގެ ދުވަސް ވަރުގެ މިސައިލް ވާދަވެރިކަން އަލުން އިއާދަ ކުރަން ކަމުގައެވެ.

އެމެރިކާ އިން ޖަރުމަނުގައި ދުރު ރާސްތާ މިސައިލް ގާއިމް ކުރުމުން، ގިނަ ވެގެން ދިހަ މިނެޓްގެ ތެރޭގައި ރަޝިއާ އަށް ހަމަލާ ދިނުގެ ގާބިލްކަން ހުޅަނގަށް ލިބިގެންދާނެ ކަމަށް ޕުޓިން ދެކެވަޑައިގަންނަވައެވެ.

ޕުޓިން ވަނީ މި މައްސަލައިގައި ކުރިންވެސް އެމެރިކާ އަށާއި ހުޅނަގަށް އިންޒާރު ދެއްވާފައެވެ. އެ ވާހަކަތައް ތަކުރާރު ކުރައްވަމުން ޕުޓިން ވިދާޅުވީ، ހުޅަނގާއި އޭޝިއާ ގައި އެމެރިކާ އިން ދިގު ރާސްތާ މިސައިލް ބަހައްޓާ ނަމަ ރަޝިއާ އިން އަލުން ކުރު ރާސްތާގެ ނިއުކްލިއަރ މިސައިލް އުފައްދަން ފަށާނެ ކަމަށެވެ. އަދި އޭގެ ފަހުން އެ މިސައިލްތައް ބަހައްޓާނެ ގައުމުތައް ރަޝިއާ އިން ކަނޑައަޅާނެ ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް