މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ޝާމިލުވި 116 ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހޮނިހިރު ދުވަހު ފުލުހުންނާއި ކަސްޓަމްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓްގެ ހެޑް ސްޕްރިޓެންޑެންޓް ނާހިދު ހުސެއިން ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހަކަށް 10 ކިލޯއަށްވުރެ ގިނައިން މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ.
ނާހިދު ވިދާޅުވީ އަތުލައިގަނެފައިވާ ތަފާތު އެކިއެކި މަސްތުވާތަކެތީ މަގުމަތީ އަގު ޖުމްލަ 130 މިލިއަނަށް ވުރެ އިތުރު ކަމަށެވެ. އަދި އަތުލައިގަނެވުނު ބަނގުރަލުގެ މަގުމަތީ އަގު 12.4 މިލިއަނަށް ވުރެ މަތި ކަމަށެވެ.
މީގެ އިތުރުން ނާހިދު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކުގައި ޝާމިލުވާ 116 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބައެއް މައްސަލަތަކުގައި ބިދޭސީންނާއެކު ދިވެހިން ވެސް ޝާމިލުވާ ކަމަށާއި، ދިވެހި މީހާ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަަމަށެވެ.
ޖުމްލަ 62 ކިލޯވަރު އަޅުގަނޑުމެންނަށް ހޯދިފައި އެބަހުރި. އަދި އޭގެ އިތުރުން މަސްތުވާތަކެއްޗާއި ބަނގުރާ ޕާޓީ ޑްރަގްސް އަޅުގަނޑުމެން މިކިޔާ އެކި ވައްތަރުގެ މިކަހަލަ ޑްރަގްސް އެކި ކަހަލަ އެއްޗިއްސާއެކު މަގުމަތީ އަގު އަޅުގަނޑުމެންނަށް ނެގިފައިވާ މަސްތުވާތަކެތިން އެބަ އަރާ 143 މިލިއަން ދިވެހި ރުފިޔާ.ޑްރަގް އެންފޯސްމަންޓްގެ ހެޑް ސްޕްރިޓެންޑެންޓް ނާހިދު ހުސެއިން
ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.