Advertisement
ކ. މާލެ
|
25 ޖުލައި 2024 | ބުރާސްފަތި 13:09
ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ބައްދަލުވުމެއްގައި
ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ބައްދަލުވުމެއްގައި
ށ. އަތޮޅު ކައުންސިލް / ފޭސްބުކް
އެލްޖީއޭގެ ބޯޑު
އެލްޖީއޭގެ ބޯޑަށް ޝިޔާމް އިންތިޚާބުކޮށްފި
އެލްޖީއޭގެ ބޯޑުގައި 9 މެންބަރުން ތިއްބަވާ
އެލްޖީއޭގެ ބޯޑުގައި ކައުންސިލްތައް ތަމްސީލްކުރައްވާ 3 މެންބަރުން ހިމެނޭ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެލްޖީއޭގެ ބޯޑަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް އިންތިޚާބުކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި އިންތިޚާބުގައި އޭނާ އެ މަޤާމަށް ހޮވުނީ 9 ވޯޓާއި އެކުގައެވެ.

މި އިންތިޚާބުގައި ވާދަކުރައްވާފައި ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީއެވެ. އިސްމާޢީލް ޢަލީ އަށް ލިބިވަޑައިގަތީ 6 ވޯޓެވެ.

Advertisement

އެލްޖީއޭގެ ބޯޑުގައި އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުގެ ގޮނޑި ހުސްވެފައި ވަނީ މާލެ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާތީއެވެ. ނިމާލް އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ ދިރިއުޅުމުގައި ކަންކަން ހުރިގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރުމުގައި ދަތިތަކެއް ހުރެގެންނެވެ.

އެލްޖީއޭގެ ބޯޑުގައި 9 މެންބަރުން ތިއްބަވައެވެ. އޭގެތެރޭގައި ކައުންސިލްތައް ތަމްސީލްކުރައްވާ 3 މެންބަރުން ހިމެނެއެވެ. އެއީ ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ 1 ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް