ކ. މާލެ
|
21 ޖުލައި 2024 | އާދީއްތަ 18:28
އިޒްރޭލުން ހިފާފައިވާ އުއްމު-ރަޝްރާޝް (އިލާތް ސިޓީ)
އިޒްރޭލުން ހިފާފައިވާ އުއްމު-ރަޝްރާޝް (އިލާތް ސިޓީ)
ޕްރެސް ޓީވީ
އިސްރާއީލް - ޔަމަން ހަނގުރާމަ
ޔަމަން އިން އިޒްރޭލުން ހިފާފައިވާ އިލާތް ސިޓީ އަށް މިސައިލް ހަމަލާ ދީފި
ޔަމަނުގެ އަސްކަރިއްޔާ އިން ރަތް ކަނޑުގައި އޮތް އެމެރިކާގެ ޕުމްބާ ބޯޓަށް ވެސް ބެލިސްޓިކް މިސައިލް ހަމަލާތައް ދީފައިވެއެވެ.

ޔަމަން އިން އިޒްރޭލުން ހިފާފައިވާ އުއްމު-ރަޝްރާޝް (އިލާތް ސިޓީ) އަށް މިސައިލް ހަމަލާ ދީފި ކަމަށް ޔަމަންގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

ޔަމަންގެ އަސްކަރީ ތަރުޖަމާނު ބެރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީ އާދިއްތަ ދުވަހު ދިން ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ ޕޯޓް ސިޓީ އިލާތް އަށް ބެލިސްޓިކް ހަމަލާތަކެއް ދީފައިވާ ކަމަށާއި ހަމަލާތަކުގެ މަގްސަދު ހާސިލްވި ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ޔަމަނުގެ އަސްކަރިއްޔާ އިން ރަތް ކަނޑުގައި އޮތް އެމެރިކާގެ ޕުމްބާ ބޯޓަށް ވެސް ބެލިސްޓިކް މިސައިލް ހަމަލާތައް ދީފައިވާ ކަމަށެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތާއި އިޒްރޭލުން ޔަމަން އާ ދެކޮޅަށް ހިންގާ އުދުވާނުން ދިފާއު ވުމުގެ ހައްގު ޔަމަންގެ އަސްކަރިއްޔާ އަށް ލިބިފައިވާ ކަމަށާއި، އަދި އެ ފަދަ އުދުވާން ތަކުގެ ސަބަބުން ފަލަސްތީންގެ ރައްޔިތުންނާ މެދު ޔަމަން އިން ދެކޭ ގޮތާ މެދު އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ތަރުޖަމާނު ހާމަކޮށްފައި ވެއެވެ.

ޔަމަނުން ބުނީ ގާޒާ އަށް އިޒްރޭލުން ދޭ ހަމަލާތައް ނުހުއްޓަނީސް އިޒްރޭލުގެ ބަނދަރުތަކަށް ދަތުރުކުރާ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ބޯޓު ފަހަރަށް ހަމަލާ ދިނުން ހުއްޓާ ނުލާނެ ކަމަށެވެ.

ހޮނިހިރު ދުވަހު އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ޔަމަންގެ އަލް-ހުދެއިދާ ގެ މަދަނީ ތަންތަނަށް ބޮން އަޅާ ތެޔޮ ރައްކާކުރާ ތަނެއް ހަލާކު ކޮށްލުމުގެ އިތުރުން މި ހަމަލާގައި އާންމުންގެ ތިން މީހުން މަރުވެ، 80 ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

- ކޮމެންޓް