Advertisement
ކ. މާލެ
|
21 ޖުލައި 2024 | އާދީއްތަ 14:44
ޓިކްޓޮކް އެޕް ފެންނަ ފޮޓޯ އެއް
ޓިކްޓޮކް އެޕް ފެންނަ ފޮޓޯ އެއް
ރާއްޖެއެމްވީ
މަލޭގައި ހަމަނުޖެހުމެއް ހިނގުން
ޓިކްޓޮކް ލައިވް އެއްގައި ހިނގި ދެ ބަސްވުމެއް ހޫނުވެ ހަމަނުޖެހުން ހިންގައިފި
އެ ދެ މީހުންނާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރޭ
އެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ

ޓިކްޓޮކް ލައިވް އެއްގައި ހިނގި ދެ ބަސްވުމެއްގައި މާލޭގެ ގެއަކަށް ވަދެ ހަމަނުޖެހުން ހިންގައިފިއެވެ.

މިހާދިސާ ހިނގާފައި ވަނީ އާދިއްތަ ދުވަހުއެވެ.

ފުލުހުން ބުނީ މާފަންނު ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

އެ ދެ މީހުންނާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ފަދަ މައްސަލަ އެއް ފެންމަތިވެފައިވާއިރު ފުލުހުންގެ ސައިބަރ ކްރައިމްއަށް ގިނައިން ހުށަހެޅެނީ މީހުންގެ އައިޑެންޓިޓީ ހެކް ކުރުމާ ގުޅޭ މައްސަލަތައްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅެނީ މީހުންގެ އައިޑެންޓިޓީ ހެކް ކުރުމާ ގުޅޭ މައްސަލަތައް ކަމަށް ބުނެފައެވެ. އެގޮތުން ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، މީހުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމާއި، މަކަރާ ހީލަތް ހެދުން ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް