Advertisement
ކ. މާލެ
|
20 ޖުލައި 2024 | ހޮނިހިރު 16:30
ފެނަކަ ފީއަލީ ބްރާންޗު
ފެނަކަ ފީއަލީ ބްރާންޗު
ރާއްޖެ އެމްވީ
ފ.ފީއަލި ކަރަންޓް މައްސަލަ
ފީއައްޔަށް ކަރަންޓު ދެނީ އެންމެ ޖަނަރޭޓަރަކުން، ޙައްލު ކުރާނެ މީހަކު ނެތް
ވެރިކަން ބަދަލުވީއިރު، ފީއަލީގައި ބޭނުން ކުރެވޭ ޙާލަތުގައި ތިން ޖަނަރޭޓަރު ހުރި

ފ.ފީއައްޔަށް ކަރަންޓު ދިނުމަށް އެންމެ ޖަނަރޭޓަރެއް ބޭނުން ކުރަން ޖެހި، ކަރަންޓު ލިބުމުގެ ދަތިކަމާ ރައްޔިތުންނަށް ކުރިމަތިލާން ޖެހިއްޖެ އެވެ.

"ރާއްޖެ އެމްވީ" އާ ވާހަކަ ދައްކަމުން ފީއަލީ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ އިސް މުވައްޒަފަކު ބުނީ، ރަށަށް ކަރަންޓު ދިނުމުގައި މިވަގުތު ދަތިތަކެއް ހުރި ކަމަށެވެ.

އެގޮތުން ވެރިކަން ބަދަލުވީއިރު، ފީއަލީގައި ބޭނުން ކުރެވޭ ޙާލަތުގައި ތިން ޖަނަރޭޓަރު ހުރި ކަމަށް އެ މުވައްޒަފު ބުންޏެވެ. އެއީ 400 ކިލޯ ވޯޓު، 440 ކިލޯ ވޯޓު އަދި 600 ކިލޯ ވޯޓުގެ ތިން ޖަނަރޭޓަރެވެ.

މީގެ ތެރެއިން 400 ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރު ފަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ. އެ ޖަނަރޭޓަރުގެ ރޭޑިއޭޓަރު ފަޅައިގެން ގޮސްފައި ހުންނަތާ، ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް މުވައްޒަފު ބުންޏެވެ.

Advertisement

ދެން ބޭނުން ކުރަމުން އައި 440 ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ ސްޓާޓިން މޯޓަރު އެހެން ރަށަކަށް ގެން ގޮސްފައިވާ ކަމަށް މުވައްޒަފު ބުންޏެވެ. އެ ޖަނަރޭޓަރުގެ ސްޓާޓިން މޯޓަރު ގެންދިޔައީ މ. މުއްޔަށެވެ.

އެހެންކަމުން މިވަގުތު ފީއަލީ ގައި ބޭނުން ކުރަމުން ދަނީ 600 ކިލޯ ވޯޓަރުގެ ޖަނަރޭޓަރެއް އެކަންޏެވެ. ފެނަކަ އިން ވާހަކަ ދެއްކި އިސް މުވައްޒަފު ބުނި ގޮތުގައި، އެ ޖަނަރޭޓަރުގެ އަޑީ ތެޔޮ ބަދަލު ކުރާ ނަމަ، ރަށުން ކަރަންޓު ކަނޑާލަން ޖެހެ އެވެ. އެގޮތުން ފާއިތުވި ތިން ދުވަހު ވެސް ކަރަންޓު ކަނޑާލަން ޖެހުނު ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ފީއަލީގައި ހިންގަމުންދާ އައިސްޕްލާންޓު ހިންގުމުގައި ވެސް ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ފެނަކައިން ވާހަކަ ދެއްކި މުވައްޒަފު ބުނި ގޮތުގައި އައިސްޕްލާންޓް ހިންގާ ނަމަ، ރަށުން ކަރަންޓު ކެނޑޭނެ އެވެ. އެއީ މިވަގުތު ބޭނުން ކުރަމުންދާ ޖަނަރޭޓަރުން ލޯޑު ނުހިފާއްޓާތީ ކަމަށް ވެސް އެ ރަށުން މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ.

ހަމައެއާއެކު ރަަށުގައި ކަރަންޓު ދިނުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، އެކަން ޙައްލު ކުރުމަށް ފެނަކަ ފީއަލީ ބްރާންޗުގެ އިސްވެރިން އަދި ކުންފުނިން ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވެސް މި ނޫހާ ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް