Advertisement
ކ. މާލެ
|
16 ޖުލައި 2024 | އަންގާރަ 18:27
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ސައީދު
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ސައީދު
ފެނަކަ
ސައީދު މަޤާމުން ވަކި ނުކުރި މައްސަލަ
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ސައީދު ވަކި ނުކުރި ސަބަބު މާލިއްޔަތު ކޮމިޓީން ބަލަނީ
ފެނަކައިން އެޕްރިލް މަހު ހޯދަން އެދުނު މައުލޫމާތުތަކެއް އަދިވެސް ނުލިބޭ ކަމަށް އޭސީސީ އިން ވަނީ ބުނެފަ
ފެނަކައިގެ ވަރަށް ގިނަ ޕްރޮޖެކްޓްތަކުގައި މައްސަލަ ފާހަގަކުރެވޭ ކަމަށް އޭސީސީން ވަނީ ބުނެފަ

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު މަޤާމުން ވަކި ނުކުރި ސަބަބު މާލިއްޔަތު ކޮމިޓީން ބަލަން ނިންމައިފިއެެވެ.

ހޯމަ ދުވަހު މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އޭސީސީން ވަނީ މިހާރު ތިބި މެމްބަރުން މަޤާމަށް އައުމުގެ ކުރިން ކުރީގެ ކޮމިޝަނުން ސައީދު މަޤާމުން ވަކިކުރަން އަންގާފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ސައީދު މަޤާމުން ވަކިކުރުމުގެ ބަދަލުގައި ބަދަލުވީ މެމްބަރުން ކަމަށް އޭސީސީން ބުނެއެވެ.

އާދިއްތަ ދުވަހު މާލިއްޔަތު ކޮމިޓީގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ސައީދު މަޤާމުން ވަކި ނުކުރި މައްސަލަ ބަލަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ހިނގީ ކޮން ބައެއްގެ އިހުމާލުންކަން ސާފުވާން ޖެހޭ ކަމަށެވެ. އެއީ ވަރަށް ބޮޑު މައްސަލަ އެއް ކަމަށާއި ވަކި މީހަކު ވަކިކުރަން އެންގުމުން އެކަން ނުވެ އެ ކުންފުނީގެ މާލީ ގިނަ މައްސަލަތަކެއް ދިމާވުމުން އެކަން ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސައީދު ވަކިކުރަން ޕީސީބީ އަށް ލަފާދިނުމުން އެކަން ނުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް އެނގިވަޑައިގެންތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެކަމާއި ގުޅޭ ޓައިމްލައިނެއް އެކުލަވާލެއްވުމަށް އޭނާ ވަނީ ހުށަހަޅުއްވާފައެވެ. ނާޒިމްގެ އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

ފެނަކައިން އެޕްރިލް މަހު ހޯދަން އެދުނު މައުލޫމާތުތަކެއް އަދިވެސް ނުލިބޭ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ވަޑައިގެން އޭސީސީގެ ރައީސް އާދަމް ޝާމިލް ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ވަޑައިގެން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފެނަކައިގެ ނިމިދިޔަ މެނޭޖްމެންޓާއި މެދު ވަރަށް ގިނަ ޝަކުވާތައް ހުށަހަޅާފައިވާ ކަަމަށެވެ. އެކަމުގެ ސަބަބުން އެ މައްސަލަތަކާއި މެދު ވަކިގޮތަކަށް ޢަމަލުކޮށްފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މައްސަލަތައް ބެލުމުގައި ކާމިޔާބީތައް ލިބުނު ކަމަށް ޝަމާލް ވަނީ ވިދާޅުވެފައެވެ. އަދި އެއް ބާވަތެއްގެ ގިނަ މައްސަލަ އޭސީސީ އަށް ހުށަހަޅަމުންދާ ކަމަށާއި އެ މައްސަލަތައް އޭސީސީން އެއްކޮށްލުމަށް ފަހު ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފެނަކައިން ހޯދަން ބޭނުންވި މައުލޫމާތު ނުލިބުމުން ފެނަކައަށް ވަދެގެން ލިޔެކިޔުންތައް ހޯދައިގެން މައްސަލަތައް ބަލާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއް ސަލާމް ވިދާޅުވީ ފެނަކައިން އިންހައުސް މަޝްރޫޢުތައް ނެގުމުގެ ބޭނުމަކަށް ވަނީ ކުންފުންޏަށް ކޮންޓްރެކްޓް މުވައްޒަފުން ވަކި ބޭނުމެއްގައި ނެގުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގައި ސީދާ ބޭނުންވާ އަދަދެއް ކަނޑައަޅާފައި ނުހުންނަ ކަމަށާއި 15 މިލިއަނަށް ކުރިއަށް ގެންދެވޭ އިންޖީނުގޭގެ މަަސައްކަތް އެގޮތަށް ޢަަމަލުކުރުމުގެ ސަބަބުން ވަރަށް ބޮޑުތަނުން އިތުުރުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުވައްޒަފުންގެ ކެއުމަށް ބޭނުންވާ ފައިސާ ވެސް ޑަބަލްކޮށް ދީފައިވާކަން ފާހަގަކުރެވޭ ކަަމަށާއި މެޓީރިއަލް ގެންނަން ވެސް ބޮޑު ޚަރަދެއް ކުރާ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ މައްސަލަ ވަރަށް ގިނަ ޕްރޮޖެކްޓްތަކުގައި ފާހަގަކުރެވޭ ކަަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ ވާހަކައިގައި އެފަދަ ކަންކަމުގެ ސަބަބުން ވަރަށް ބޮޑަށް ދައުލަތުގެ ޚަރަދު ބޮޑުވާކަން ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް