ކ. މާލެ
|
16 ޖުލައި 2024 | އަންގާރަ 11:27
 މިފްކޯއިން ހިންގާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
މިފްކޯއިން ހިންގާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
ވަގުތު.އެމްވީ
މިފްކޯއަށް ސީއީއޯ އެއް ހޯދުން
މިފްކޯއަށް ސީއީއޯ އެއް ހޯދަން ކުރި އިއުލާނު ބާތިލު، ޕީސީބީން ބުނީ އެކަށީގެންވާ ކެންޑިޑޭޓެއް ކުރިމަތި ނުލާ ކަމަށް
ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެ މަޤާމަށް އެކަށީގެންވާ ކެންޑިޑޭޓެއް ކުރިމަތިލާފައި ނުވުން
ސީއީއޯ އަކު ހޯދަން ކޮށްފައިވާ އިއުލާނުގެ މުއްދަތު ހަމަވެފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭތީ މަސްވެރިންގެ ނުރުހުން އަމާޒުވެފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް(މިފްކޯ) އަށް ސީއީއޯއެއް ހޯދަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން ކުރި އިއުލާނު ބާތިލުކޮށްފިއެވެ.

މި އިއުލާނު ބާތިލުކޮށް، ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެ މަޤާމަށް އެކަށީގެންވާ ކެންޑިޑޭޓެއް ކުރިމަތިލާފައި ނުވުމެވެ. ސީއީއޯ އަކު ހޯދަން ކޮށްފައިވާ އިއުލާނުގެ މުއްދަތު ހަމަވެފައިވަނީ ޖުލައި މަހުގެ 15 ގައެވެ.

އޭރު ޕީސީބީން ކުރި އިއުލާނުގައި ބުނީ، ސީއީއޯގެ މަޤާމަށް ކުރިމަތި ލެވޭނީ މަދުވެގެން 8 އަހަރު މަސްވެރިކަމާ ގުޅުންހުރި ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި އަދި މަދުވެގެން 4 އަހަރު މަސްވެރިކަމާ ގުޅުން ހުރި ބައިނައަޤްވާމީ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުން ކަމަށެވެ.

ޑރ. މުއިއްޒުގެ ސަރުކާރުން މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަން ކުރި އަހުމަދު ޝަމާހް ރަޝީދުގެ މައްޗަށް ހުށަހެޅުނު ޝަކުވާ ތަކަކާ ގުޅިގެން ކަމަށް ބުނެ އެ މަގާމުން އޭނާ ސަސްޕެންޑް ކުރުމަށްފަހު މެއި މަހު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން އެ މަގާމަށް މީހަކު އައްޔަން ކޮށްފައެއް ނުވެއެވެ.

- ކޮމެންޓް