Advertisement
ކ. މާލެ
|
14 ޖުލައި 2024 | އާދީއްތަ 12:53
މިނިސްޓަރ އޮފް ފިނޭންސް މުހައްމަދު ޝަފީގު
މިނިސްޓަރ އޮފް ފިނޭންސް މުހައްމަދު ޝަފީގު
ފިނޭންސް މިނިސްޓްރީ
މެދުރާސްތާ ބަޖެޓް
ކައުންސިލްތަކުގެ މެދުރާސްތާ ބަޖެޓް ހުށަހަޅަން އެދިއްޖެ
ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ލަފާކޮށްފައިވާ އަދަދުތަކަށް ވުރެ އިތުރަށް އެދިފައިވޭ
2025ން 2027ށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު 19 ސެޕްޓެމްބަރުގެ ކުރިން ހުށަހެޅުމަށް ވަނީ އަންގާފައި

2025 - 2027 ވަނަ އަހަރަށް ލަފާކުރާ ކައުންސިލްތަކުގެ މެދުރާސްތާ ބަޖެޓުގެ މައުލޫމާތު ހިއްސާކުރުމަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ސޮއިކުރައްވާ ނެރުއްވި ސަރކިއުލަރގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 4 ވަނަ ބާބުގެ ދަށުން، މިނިސްޓަރ އޮފް ފިނޭންސް ދައުލަތުގެ އަހަރީ ބަޖެޓް ތައްޔާރުކޮށް، ބަޖެޓް އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސް ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށެވެ. އަދި "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓް ތައްޔާރުކުރުމާއިމ ބަޖެޓް ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އާއި އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެކަމަށެވެ.

އަދި މި އުސޫލުގައިވާ ގޮތުގެ މަތިން ކައުންސިލްތަކުގެ ބަޖެޓުގެ މައުލޫމާތު، މިނިސްޓްރީން ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މަރުހަލާގައި، ހިއްސާކުރުމަށް ގަސްތުކުރާ ކަމަށެވެ.

އެގޮތުން ބަޖެޓާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރާނީ ސަރކިއުލާގައި ކަނޑައަޅާފައިވާ ފޯމެޓްތަކާއި އެއްގޮތަށް ކަމަށް ބުނެފައިވެއެވެ. އަދި ކައުންސިލްތަކުން ބަޖެޓް ތައްޔާރުކުރާއިރު، ދައުލަތުގެ ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ، ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ، ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް އަދި ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ ހިމެނޭހެން ހަރަދު އަދި އާމްދަނީ ވަކިން އެނގެން އޮންނަންވާނެކަމަށް ބުނެފައިވެއެވެ.

Advertisement

މިނިސްޓްރީގެ ސަރކިއުލަރގައި ބުނެފައިވަނީ މި ފަންޑުތަކުގެ ތެރެއިން، ކައުންސިލްތަކށް ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައިދޭ ހިލޭ އެހީގެ ބަޖެޓް ތައްޔާރުކުރަންވާނީ 2024 ވަނަ އަހަރުގެ މެދުރާސްތާ ބަޖެޓާއި 2025 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ލަފާކޮށްފައިވާ އަދަދުތަކަށްވުރެ އިތުރުނުވާނެ ގޮތަށް ކަމަށެވެ.

އަދި މި އަދަދުތައް 2025 ވަނަ އަހަރުގެ މެދުރާސްތާ ބަޖެޓުގައި މުރާޖާކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ކައުންސިލްތަކުން ބަޖެޓް ފައިނަލް ކުރާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން 2025 ވަނަ އަހަރުގެ ދައުލަތުގެ މެދުރާސްތާގެ ބަޖެޓް ފާސްކުރުމުން، އެ ބަޖެޓުގައިވާ އަދަދުތަކަށް ރިއާޔަތްކޮށް ކަމަށެވެ.

އަދި މި މަރުހަލާގައި 2024 ވަނަ އަހަރުގެ ބަޖެޓުގައި 2025 އަދި 2026 ވަނަ އަހަރަށް ކަނޑައެޅިފައިވާ ބްލޮކް ގްރާންޓުގެ އަދަދު ބޭނުންކުރާނީ އަންދާޒާއެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ. އަދި 2024 ވަނަ އަހަރުގެ މެދުރާސްތާ ބަޖެޓާއި 2025 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގައި 2025ން 2027ށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ކަނޑައެޅިފައިވާ އަދަދުތައްވެސް ވަނީ އާންމުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކައުންސިލްތަކުން، މި ސަރކިއުލާއާއި އެއްގޮތްވާގޮތުގެ މަތިން 2025ން 2027ށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު 19 ސެޕްޓެމްބަރުގެ ކުރިން ހުށަހެޅުމަށް އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް