Advertisement
ކ. މާލެ
|
11 ޖުލައި 2024 | ބުރާސްފަތި 19:25
ވ. ބޮޑުފިނޮޅު ވިއްކާލުމާ ގުޅިގެން އެކަމާ ދެކޮޅަށް ބާއްވާ ސުލްހަވެރި އިހުތިޖާޖު
ވ. ބޮޑުފިނޮޅު ވިއްކާލުމާ ގުޅިގެން އެކަމާ ދެކޮޅަށް ބާއްވާ ސުލްހަވެރި އިހުތިޖާޖު
ރާއްޖެއެމްވީ
ވ.ބޮޑު ފިނޮޅު ވިއްކާލުން
"ވ.ބޮޑު ފިނޮޅު ވިއްކާލީ ކޯޑިނޭޓްސް އެކަނި އެނގޭ ގޮތަށް އޮޅުވާލައިގެން، ލާމަރުކަޒީ ޤާނޫނާއި ޚިލާފަށް"
ހުރިހާ ދިރަވަރެއްގައިވެސް އެ ފިނޮޅު ނޫން އެހެން އެއްވެސް ފިނޮޅެއް މުޅި ވ. އަތޮޅުގައި ފަތުރުވެރިންނަށް ބޭނުން ކުރެވޭ ގޮތަށް ނެތް ކަމަށް އޭނާ ވިދާޅުވި

ވ.ބޮޑު ފިނޮޅު ވިއްކާލީ ކޯޑިނޭޓްސް އެކަނި އެނގޭ ގޮތަށް އޮޅުވާލައިގެން، ލާމަރުކަޒީ ޤާނޫނާއި ޚިލާފަށް ކަމަށް ވ.ތިނަދޫ ކައުންސިިލްގެ ރައީސް ޝިފާގު ހުސައިން ވިދާޅުވެއްޖެއެވެ.

ވ. އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ވިއްކާލާފައިވާތީ އެކަމާއި ދެކޮޅަށް ބުރާސްފަތި ދުވަހު އެ އަތޮޅުގެ ކައުންސިލާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިވެރިން އަދި ދާއިރާގައި ހަރަކާތްތެރިވާ އާއްމުން ވަނީ އެ ފިނޮޅުގައި މުޒާހަރާކޮށްފައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އޭނާ ބުނީ އުސޫލެއްގެ ގޮތުން ބަލާ ނަމަ އެ ފިނޮޅު އޮންނަންވާނީ ވ.އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެންކަމުން ކައުންސިލްގެ އިހުތިސާސް ތެރޭގައި އޮތްތަނެއް ކައުންސިލަށް ނޭނގި ވިއްކާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ވ.ބޮޑު ފިނޮޅު ވިއްކާލީ ކޯޑިނޭޓްސް އެކަނި އެނގޭ ގޮތަށް ކަމަށާއި އެތަން ވިއްކާލަން ކުރި އިއުލާންގައި އެއީ ބޮޑު ފިނޮޅުކަން އެނގޭ ގޮތަށް ސާފުވާން ނެތް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހުގެ މުޒާހަރާގައި ވ.ތިނަދޫ، ވ.ފުލިދޫ، ވ.ކެޔޮދޫ އަށް ނިސްބަތްވާ ކައުންސިލް މީހުން އަދި ވިޔަފާރިވެރިން ވަނީ ބައިވެރިވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ ހުރިހާ ދިރަވަރެއްގައިވެސް އެ ފިނޮޅު ނޫން އެހެން އެއްވެސް ފިނޮޅެއް މުޅި ވ. އަތޮޅުގައި ފަތުރުވެރިންނަށް ބޭނުން ކުރެވޭ ގޮތަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ދެރަ ކަމެއް މިއީ. އޮޅުވާލައިގެން މި ތަން މި ވިއްކާލީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ މި ނުން ފިނޮޅެއް ނުދައްކާ މި ތަން ވިއްކާލުން
ވ.ތިނަދޫ ކައުންސިިލްގެ ރައީސް ޝިފާގު ހުސައިން

ބޮޑު ފިނޮޅަކީ ވ. އަތޮޅުގައި ނުގިރާ އޮތް ހަމައެކަނި ފިނޮޅުކަމަށް ވާއިރު އެ ތަން ވިއްކާލުމުން ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކައުންސިލްތަކުން ވެސް ވަނީ ކައުންސިލްތަކާއި މަޝްވަރާ ކުރުމަކާއި ނުލާ އެފަދަ ނިންމުމެއް ނިންމުމުން އެ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވ. އަތޮޅުގެ ހުރިހާ ގެސްޓް ހައުސްތަކާއި، ރިސޯޓް ތަކާއި އަދި އެ ސަރަހައްދަށް ފަތުރުވެރިން ގޮވައިގެން ދަތުރު ކުރާ ސަފާރީ ތަކުންނާއި، އަދި ވ. އަތޮޅުގެ އެކްސްކާޝަންގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން އާމްދަނީ ހޯދުމަށް ހަމަ އެކަނި ބޭނުން ކުރަމުން އަންނަ ފިނޮޅަކީ މިއީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް