ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 14:44
ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ބައެއް ފަރާތްތަކާ ސަލާމް ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ބައެއް ފަރާތްތަކާ ސަލާމް ކުރައްވަނީ
ރައީސް އޮފީސް
ސިޔާސީ މަޤާމުތައް
ސިޔާސީ މަގާމުތަކަށް މީހުން ލަމުން، ދުވަސްވީ ތަޖުރިބާ ހުރި މީހުން ވަކި ކުރަނީ
ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި މުހައްމަދު ބައްސާމު އާދަމްވެސް ވަކި ކޮށްފައިވޭ
މަޤާމުން ވަކި ކުރަން ނިންމާފައިވަނީ ހޯމަ ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ދުވަސްވީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ވަޒީފާއިން ވަކި ކުރާނެކަން އަންގާފައިވަނީ އެ ކުންފުނީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އިބްރާހިމް އާސިމެވެ. އޭނާއަކީ ރާއްޖޭގައި ޓޫރިޒަމް އިޝްތިހާރު ކުރަން އުފައްދާފައިވާ، ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގައިވެސް މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.

އޭގެ އިތުރުން، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި މުހައްމަދު ބައްސާމު އާދަމްވެސް ވަކި ކޮށްފައިވެއެވެ.

Advertisement

އެމީހުން މަޤާމުން ވަކި ކުރަން ނިންމާފައިވަނީ ހޯމަ ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައެވެ.

ބޮޑެތި މަޤާމުތަކަށް މީހުން އައްޔަނު ކުރާއިރު، އާދައިގެ ވަޒީފާތަކުގައި ތިބި މީހުން ވަކިކުރުން ހުއްޓާލަން ގޮވާލައި އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަވެސް އަންގާރަ ދުވަހު ވަނީ ބޭރުކޮށްލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް