ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 07:40
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ކަސެމީރޯ
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ކަސެމީރޯ
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ޔުނައިޓެޑުން އޮތީ ކަސެމީރޯ ދޫކޮށްލަން ތައްޔާރަށް
އޭޕްރީލް މަހުން ފެށިގެން، ސައުދީ ލީގުގެ ބައެއް ކުލަބުތަކުން އަންނަނީ ކަސެމީރޯ އާއެކު މަޝްވަރާ ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މެންޗެސްޓަރ ޔުނައިޓެޑުން އޮތީ، އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ދޫކޮށްލަން ތައްޔާރަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑުގައި ހުރުމަށްފަހު އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ޔުނައިޓެޑަށް ލިބުނީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން އެ ކުލަބާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ، ޔުނައިޓެޑު ދޫކޮށްލަން ކަސެމީރޯ ބޭނުންވާ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފަ އެވެ.

މީޑިއާ ތަކުގައި އޭރު ރިޕޯޓުކޮށްފައިވާ ގޮތުން ކަސެމީރޯ ހޯދުމަށް، ސައުދީ އަރަބިޔާގެ ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބުތަކުން ޝައުޤުވެރިވެ އެވެ. އޭޕްރީލް މަހުން ފެށިގެން، ސައުދީ ލީގުގެ ބައެއް ކުލަބުތަކުން އަންނަނީ ކަސެމީރޯ އާއެކު މަޝްވަރާ ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ކަސެމީރޯ، މުސްތަޤުބަލާ މެދު ގޮތެއް ނިންމާނީ އޭނާ އަށް ލިބޭ ހުށަހެޅުމަކަށް ބަލާފައި ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

މީގެ އިތުރުން ރިޕޯޓުތަކުގައި ބުނެފައިވާާ ގޮތުން، ކަސެމީރޯ ޔުނައިޓެޑު ދޫކޮށްލުމަކީ ގާތް ކަމެކެވެ. އެހެންކަމުން، ޔުނައިޓެޑު ވެސް އޮތީ ކަސެމީރޯ ކުލަބު ދޫކޮށްލަން ބޭނުންވެއްޖެ ނަަމަ، އޭނާ ދޫކޮށްލަން ތައްޔާރަށް ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. ކަސެމީރޯ ދޫކޮށްލުމަށްފަހު، ޔުނައިޓެޑުން އައު މިޑްފީލްޑަރަކު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ،

ޔުނައިޓެޑުގައި ހޭދަކުރާ ދެ ސީޒަންގައި ކަސެމީރޯ ވަނީ އެ ކުލަބަށް ކުޅެދިން 83 މެޗުގައި 12 ލަނޑު ޖަހައިފަ އެވެ. ޔުނައިޓެޑާ އެކު އޭނާ ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ ކަރަބޯ ކަޕް އަދި އެފްއޭ ކަޕް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް