ކ. މާލެ
|
6 ޖުލައި 2024 | ހޮނިހިރު 12:41
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ
ރާއްޖެއެމްވީ
މަސްވެރިންނަށް ފައިސާ ދޫކުރުން
މިހާރު މަސްވެރިންނަށް ފައިސާ ދޫކުރެވެނީ މުޒާހަރާއަށް ނުކުމެ އަޑުއުފުލީމަ: އަހުމަދު ދީދީ
އެންމެ ފަހުންވެސް މަސްވެރިން ނުކުތީ ފައިސާ ލިބުން ލަސްވެ، މަސްވެރިން ހާލުގައި ޖެހުމުން
ސަރުކާރުން މަސްވެެރިކަމަކީ އާދައިގެ ވިޔަފާރިއެއްގެ ގޮތުގައި ސިފަކުރަމުންދާ ކަމަށްވެސް ވިދާޅުވި

މިއަދު މަސްވެރިންނަށް ފައިސާ ލިބެނީ ކޮންމެ ފަހަރަކުވެސް މުޒާހަރާއަށް ނުކުތުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނަށް ރަނގަޅުވާނީ ސަރުކާރާއެކު މަސައްކަތް ކުރާ މަޖިލީހެއް ލިބިގެންކަމަށް މީގެ ކުރިން ޤަބޫލު ކުރެވިފައި އޮތް ކަމަށެވެ. އޭރު ރައީސްގެ ވައުދުފުޅުތައްވެސް ގުޅިފައި ހުރީ އެގޮތަށްކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

އެބޭފުޅުން ދިޔައީ އެ މަންޒަރު ދައްކާ އެގޮތަށް ވަކާލާތު ކުރަމުން އޭރު، ސަރުކާރުގެ ގިނަ ކެންޑިޑޭޓުންތަކެއް އެގޮތަށް ވައުދުވާން ފެށީމާ ރައްޔިތުންނަށް އެ ޤަބޫލު ކުރެވޭ ގޮތް ގިނަފަހަރު ވޭ
މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

މެމްބަރު ވިދާޅުވީ، މަސްވެރިންނަށް ފައިސާ ލިބެނީ މުޒާހަރާ ކޮށްގެން ކަމަށާއި، އެންމެ ފަހުންވެސް މަސްވެރިން ނުކުތީ ފައިސާ ލިބުން ލަސްވެ، މަސްވެރިން ހާލުގައި ޖެހުމުން ކަމަށެވެ.

އެކަންކަމުގެ ސަބަބުން ރަށު ތެރޭގެ ޙާލަތަށްވެސް އަސަރުކޮށް، ނިކަމެތިކަން އިހުސާސް ކުރަން ޖެހިފައިވާކަމަަށް އޭނާ ވިދާޅުވިއެވެ. މިސާލަކަށް ފިހާރަތަކުން ދަރަންޏަށް ތަކެތި ނަގަން ޖެހުމާއި، އެ ފައިސާ ނުދެއްކުމުގެ ސަބަބުން ވިޔަފާރިތަކަށް އަސަރުކުރުން ފަދަ ކަންކަން ހިނގާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަސްވެރިންނާއި މެދު އަމަލުކުރާ ގޮތުން މަސްވެރިން މަހަށް ދިއުމަށް ބަހައްޓާ ޝައުގުވެރިކަން ގެއްލި އެ ދާއިރާގެ ކުރިމަގަށް ވެސް އަސަރު ކުރާ ކަމަށެވެ.

ސަރުކާރުން މަސްވެެރިކަމަކީ އާދައިގެ ވިޔަފާރިއެއްގެ ގޮތުގައި ސިފަކުރަމުންދާ ކަމަށާއި މަސްވެރިކަމަކީ އާދައިގެ ވިޔަފާރިއެއްގެެ ގޮތުގައި ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިކަމަކީ ރާއްޖެ އަށް ޑޮލަރު އެތެރެކުރާ ދެ ސިނާއަތުގެ ތެރެއިން އެއް ސިނާއަތް ކަމަށް ދީދީ ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި ގިނަ ލޯނުތަކެއް ދައްކަން ޖެހޭ އިރު ރާއްޖެ އަށް ޑޮލަރު ލިބޭނެ މަގު ހަނިވާ ގޮތަށް އަމަލުކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް