Advertisement
ކ. މާލެ
|
3 ޖުލައި 2024 | ބުދަ 14:18
އެންވަޔަރމަންޓް މިނިސްޓްރީގެ ރަސްމިއްޔާތެއްގެ ތެރެއިން
އެންވަޔަރމަންޓް މިނިސްޓްރީގެ ރަސްމިއްޔާތެއްގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
ސަރުކާރުގެ ސިޔާސީ މަޤާމުތައް
ސިޔާސީ މަޤާމުތައް މަދެއް ނުވި، އެންވަޔަރމަންޓް މިނިސްޓްރީއަށް އަނެއްކާވެސް އައު ޑެޕިއުޓީ މިނިސްޓަރެއް އައްޔަނުކޮށްފި
މިނިސްޓްރީގައި މިހާރުވެސް 47 ސިޔާސީ މުވައްޒަފުން އެބަތިބި
މިހާރުވެސް 14 ޑެޕިއުުޓީ މިނިސްޓަރުން އެބަތިބި

އެންވަޔަރމަންޓް މިނިސްޓްރީއަށް އަނެއްކާވެސް އައު ޑެޕިއުޓީ މިނިސްޓަރެއް އައްޔަނުކޮށްފިއެވެ.

އެ މަޤާމަށް އައްޔަނު ކޮށްފައިވަނީ ފަޒުނާ ޖަލީލެވެ. އޭނާއަކީ ނެޓްބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ފަރާތެވެ.

Advertisement

އެންވަޔރމަންޓް މިނިސްޓްރީގައި މިހާރުވެސް 47 ސިޔާސީ މުވައްޒަފުން އެބަތިބިކަމަށް އެ އިދާރާގެ ވެބްސައިޓުން ދައްކައެވެ. އެގޮތުން މިހާރުވެސް 14 ޑެޕިއުުޓީ މިނިސްޓަރުންނާއި، 7 ސްޓޭޓް މިނިސްޓަރުންގެ އިތުރުންވެސް އިތުރު ސިޔާސީ މަޤާމުތައް އެ މިނިސްޓްރީގައި އެބަހުއްޓެވެ.

މި ސަރުކާރުން ވެރިކަމަށް އައީ އެމްޑީޕީގެ ސަރުކާރުން ސިޔާސީ މުވައްޒަފުން ގިނަކަމަށް ބުނެ ފާޑުކިޔުމަށްފަހުގައި 700ށް ވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުނުކުރާނެކަމުގެ ވައުދާއެކުއެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު އެތައް ގުނައެއް އިތުރުވެފައިވާއިރު، އެ އަދަދު ހާމަކުރަން ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް